-Advertisement-

-Advertisement-

“ޕޮއެޓްރީ ތެރަޕީ”ގެ ދިވެހި ނަމަކަށް “ޅެން ފަރުވާ” ކިޔުމަށް ފާސްކޮށްފި

ޤައުމިއްޔަތާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް

ޕޮއެޓްރީ ތެރަޕީގެ ދިވެހި ނަމަކަށް “ޅެން ފަރުވާ” ކިޔުމަށް ފާސްކޮށްފިއެވެ.

މިކަން ހާމަކޮށް  ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ބުނެފައިވަނީ، ޕޮއެޓްރީ ތެރަޕީގެ ދިވެހި ނަމަކަށް “ޅެން ފަރުވާ” ކިޔުމަށް ފާސްކޮށް މިހާރު އެއާއި ގުޅުން ހުރި ދިރާސާތައް ކުރުމަށް ޤައުމީ ޔުނިވަރސިޓީއާއި ހަވާލުކުރެވިފައިވާ ކަމަށެވެ.

މި އަހަރުގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ގދ ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން   ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވަނީ ޅެމުން ނަފްސާނީ ބައްޔަށް ފަރުވާ ހޯދޭ ކަމަށާއި އެދަފަ ފަރުވާ ރާއްޖޭގައި ދިނުމަށް ނިންމާފައިވާކަން އިއުލާން ކުރައްވައިފައެވެ.

ޕޮއެޓްރީ ތެރަޕީގެ ދިވެހި ނަމެއްގެ ގޮތުގައި ޅެން ފަރުވަ ކިޔަން ދިވެހިބަހުގެ އެކެޑެމީގެ ބަސް ކޮމިޓީން ފާސްކޮށްފައިވާ ކަމަށެވެ.

އެ ނަމުގެ މާނައަކީ “ބަލި މީހާގެ އިހުސާސްތަކާއި އުދާސްތަކާ ގުޅޭ ޅެން ހެދުމާއި ކިޔުމާއި އަޑުއެހުމުގެ ތެރެއިން ނަފުސަށް ގެނެސްދޭ ތަސައްލީއެވެ. މިއީ ގަދީމީ ޒަމާނުއްސުރު ހަޟާރަތްތަކުގައި ބަލިތަކަށް ފަރުވާދިނުމުގައި ބޭނުންކުރަމުން އަންނަ ތަރީގާއެކެވެ.”

މި ބަސް މިހާރު ވަނީ ބަސް ފޮތުގެ އޮންލައިން އިސްދާރުގައި ވެސް ހިމަނައިފައެވެ.

މީގެ އިތުރުން، ޅެން ފަރުވާގެ އިލްމީ ދިރާސާތަކުގެ މަސައްކަތް ކުރިއަށް ގެންދަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާ ހަވާލުކޮށް، އެ ކަމަށް އެއްބަސްވުމުގައި ސޮއިކުރުން ބުދަ ދުވަހު އޮންނާނެ ކަމަށް ވެސް ސަގާފަތާ ބެހޭ ވުޒާރާއިން ބުންޏެވެ.

އެ އެއްބަސްވުމުގެ ދަށުން ޅެން ފަރުވާއާ ބެހޭ އިލްމީ ދިރާސާތައް ކުރުމާއި ދިވެހި ޅެންތައް ބޭނުންކޮށްގެން ނަފުސީ ތަފާތު ބަލިތަކަށް ދެވިދާނެ ފަރުވާގެ މިންވަރާއި ތަފާތު ބަލިތަކަށް ފަރުވާ ދިނުމުގައި ގެންގުޅޭނެ އުސްލޫބުތަކުގެ މައްޗަށް ދިރާސާ ކުރަން ވަނީ ހަމަޖެހިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-