-Advertisement-

-Advertisement-

ވިދިވިދިގެން 4 ވަނަ ފަހަރު މެންޗެސްޓާ ސިޓީއިން ޕްރިމިއާ ލީގު ކާމިޔާބު ކޮށްފި

ފޮޓޯ: ސްކައި ނިއުސް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓްހާމް އާއި ކުޅުނު މެޗް 3-1 އިން ކާމިޔާބުކޮށް މެންޗެސްޓާ ސިޓީ އިން ޕްރިމިއާ ލީގުގެ ތަށި ވިދިވިދިގެން 4 ވަނަ ފަހަރު ކާމިޔާބުކޮށްފިއެވެ.

ޕްރިމިއާ ލީގުގެ 2023/24 ވަނަ އަހަރުގެ ތަށި ޕެޕް ގާޑިއޯލާގެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ޖުމްލަ 91 ޕޮއިންޓާއެކު, އެންމެ ގާތުން ވާދަކުރި އާސެނަލް އާއި އެންމެ 2 ޕޮއިންޓްގެ ފަރަގުންނެވެ. އެންމެ ފަހު ދުވަހާ ޖެހެންދެންވެސް ތައްޓަށް ވާދަކުރި އާސެނަލް ކުޅުނު އެންމެ ފަހު މެޗުގައި އެވަޓަން އަތުން މޮޅުވެ, ލީގު ނިންމާލަން ޖެހުނީ 89 ޕޮއިންޓާއި އެކު ދެވަނައިގައެވެ.

ސިޓީގެ މި ކާމިޔާބާއެކު އެ ޓީމު ވަނީ ލީގުގެ ތާރީޚުގެ ތެރޭގައި އެންމެ ކާމިޔާބު އެއްޓީމުގެ ގޮތުގައި ލިޔެވިގެން ގޮސްފައެވެ. އެޓީމަކީ ޕްރިމިއާ ލީގު ވިދިވިދިގެން ކާމިޔާބު ކުރި ފުރަތަމަ ޓީމެވެ. އަދި މިއީ އެޓީމުން ފާއިތުވި ހަތް އަހަރުގައި ތަށި ކާމިޔާބުކުރި 6 ވަނަ ފަހަރުވެސް މެއެވެ.

ލީގުގެ ތަށީގެ އިތުރުން އެޓީމުގެ ބައެއް ކުޅުންތެރިންވަނީ ކުޅުންތެރިންނަށް ޚާއްސަ ބައެއް އެވޯޑުތައްވެސް ކާމިޔާބު ކޮށްފައެވެ. އެގޮތުން ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ މަޤާމު ފިލް ފޯޑެން ކާމިޔާބުކުރިއިރު ގޯލްޑަން ބޫޓް ކާމިޔާބުކޮށްފައިވަނީ މިދިޔަ ސީޒަންގައިވެސް އެންމެ ގިނަ ގޯލުޖެހި އެރްލިންގް ހާލަންޑެވެ. ސިޓީ ޓީމުގެ އޮފިޝަލުން ބުނާ ގޮތުގައި އެޓީމުގެ ސަމާލުކަން މިހާރު އަނބުރާލައިފައިވަނީ އެފްއޭ ކަޕް ފައިނަލަށް ކަމަށާއި ހޮނިހިރު ދުވަހު ވެމްބްލީގައި އަވަށްޓެރި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްގެން ޑަބަލް ފުރިހަމަ ކުރުމުގެ އުންމީދު ބޮޑު ކަމަށެވެ.

އެފްއޭ ކަޕް ފައިނަލް މެޗް އޮންނާނީ މިމަހުގެ 25 ވަނަ ދުވަހު ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-