-Advertisement-

-Advertisement-

ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގައި އިރާން ރައީސް އިބްރާހިމް ރައިސީ އަވަހާރަވެއްޖެ

އިއްޔެގެ ވަގުތެއެއްގައި އަޒަރުބައިޖާނަ އިން ހެލިކޮޕްޓަރެއްގައި ދަތުރުކުރަމުން ދަނިކޮށް ފަރުބަދަ ސަރަހައްދަށް ވެއްޓުނު ހާދިސާގައި އިރާންގެ ރައީސް، އިބްރާހިމް ރައިސީ އާއި އެގައުމުގެ ފޮރިން މިނިސްޓަރ އަވަހާރަވެފައިވާ ކަމަށް އިރާންގެ ރެޓް ކްރޮސެންޓައި ހަވާލާދީ ރިޕޯޓް ކޮއްފިއެވެ.

މެދުކެނޑުމެއްނެތި 15 ގަޑިއިރު ހިންގި ރެސްކިއު އޮޕަރޭޝަންގައި ފަރުބަދަތަކާއި ޖަންގަލިތައް ބަލައި ފާސް ކުރުމަށް އިރާންގެ ގިނަ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ. އަދި އަވަށްޓެރި ގައުމުތަކުންވެސް ވަނީ އެ މަސައްކަތުގައި އެހީ ފޯރުކޮއްދީފައެވެ. އެގޮތުން ތުރުކީއިން ވަނީ ނައިޓް ވިޒަން ބޭނުންކުރެވޭ ހެލިކޮޕްޓަރާއި, ޑްރޯން އަދި އެ ގައުމުގެ ސިފައިންވެސް މި އޮޕަރޭޝަނަށް ފޮނުވާފައެވެ.

އެސަރަހައްދުގެ މޫސުން ގޯސްވުމުގެ ސަބަބުން ރައިސީ ހޯދުމުގައި ބޮޑެތި ގޮންޖެހުންތާއި ކުރިމަތިއވެ ގިނަ ވަގުތުތެއް ހޭދަވިކަން ރެސްކިއު އޮޕަރޭޝަންގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުން ވަނީ އިރާންގެ މީޑިޔާތަކާއި ހިއްސާކޮއްފައެވެ.

އިރާންގެ ރައީސް އަވަހާރަވުމުން އެގައުމުގެ ރައީސް ކަމަށް ނައިބް ރައީސް މުހައްމަދު މުކްބަރ އައްޔަން ކުރެވޭނެއެވެ. އަދި އެންމެ ގިނަވެގެން 50 ދުވަސް ތެރޭ އާ އިންތިހާބެއް ބާއްވާ ރައީސަކު އިންތިހާބު ކުރާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-