ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަންގު މޫސުމުގެ ވިއްސާރައިގައި މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ ފަސް އަތޮޅަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
އެގޮތުން މިއަދުގެ 13:30އި ހަމައަށް އެ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ އަތޮޅުތަކަށެވެ.
White Alert over Southern area for strong wind and rough seas. pic.twitter.com/1EDhBaFT4o
— Maldives Meteorology (@MetMaldives) May 20, 2024
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ނެރުނު ހުދު ސަމާލުގައި ބުނެފައިވާގޮތުން މި ވަގުތުތަކުގައި ީ ލ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދުތަކަށް ށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ގަޑިއަކު 25 މޭލާއި 27 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.
ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާއިރު, މި މަސް ނިމުމުގެ ކުރިން ހުޅަނގު މޫސުމުގެ ބާރުގަދަވެ މުޅި ރާއްޖެއަށް މި މޫސުމުގެ އަސަރު ކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަސް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި ކަނޑުމަގުން ކުރާ ދަތުރުތައް މަޑު ޖައްސާލުމަށާއި ރޭގަނޑުގެ ވަގުތުތަކުގައި އެއްވެސް ވަރަކަށް ކަނޑުމަގުން ދަތުރު ނުކުރުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.