-Advertisement-

-Advertisement-

އީރާނުގެ ރައީސް އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ!

ރައީސް ޑރ މުހައްމަދު މުއިއްޒު؛ ފޮޓޯ/ރައީސް އޮފީސް

އިއްޔެ ހިނގި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި އީރާނުގެ ރައީސް އިބްރާހީމް ރައީސީއާއި އެ ޤައުމުގެ ދައުލަތުގެ އިސްވެރިން އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ މުޢިއްޒު ވިދާޅުވީ، އީރާނުގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވީ ޚަބަރު އެއްސެވީ ހިތާމަޔާއެކު ކަމަށެވެ.

އަދި އެ އިބްރާހީމް ރައީސީއާއި އެ ޤައުމުގެ ފޮރިން މިނިސްޓަރ އަބްދުﷲއައިން ގެ ފުރާނަފުޅަށް ރަޙުމަތް ލައްވައި ޖައްނަތުލް ފިރްދައުސް ދެއްވުމަށް ދުޢާ ކުރައްވާކަމުގައި ރައީސްގެ ޕޯސްޓްގައި ބުނެފައިވެއެވެ.

ހަމަ އެޔާއެކު މި ހިތާމައިގެ މި ދަނޑިވަޅުގައި، އީރާނުގެ ހިތާމަވެރި ޢާއިލާތަކާއި ރައްޔިތުންނާއެކު، ދިވެހިންގެ ދުޢާ ވާކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ. 2021

ވަނަ އަހަރުގެ އޯގަސްޓް މަހުގެ 3 ވަނަ ދުވަހު އީރާނުގެ ރައީސްކަމާއި ހަވާލުވެވަޑައިގެން އިބްރާހިމް ރައިސީ، އިއްޔެ ހިނގި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާގައި އަވަހާރަވުމާއެކު އީރާނުގެ ޤާނޫނުގެ 131 ވަނަ މާއްދާގައި ބުނާގޮތުން އެ ޤައުމުގެ ވަލިއްޔުލް އަމުރުކަމުގެ މަޤާމާއި ހަވާލުވެވަޑައިގަންނަވާނީ އެ ޤައުމުގެ ނައިބް ރައީސްކަމުގެ މަޤާމުގައި މިވަގުތު ހުންނެވި، މުޙައްމަދު މުޚްބަރެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-