-Advertisement-

-Advertisement-

މާފަންނު ގެޔަކުން މަރުވެފައި އޮތް މީހެއް ފެނިއްޖެ!

ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮތް މީހަކު ފެނިގެން ސީންގައި ފުލުހުން ހަރަކާތްތެރި ވަނީ

ާފަންނު ގެޔަކުން މަރުވެފައި އޮތް މީހެއް ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ، މާފަންނުގެ ގެއެއްގެ ގްރައުންޑް ފްލޯގައި ފިރިހެނަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު މިއަދުގެ 14:20 ހާއިރު ލިބިފައިވާކަމަށެވެ.

ފުލުހުން މިހާރު އަންނަނީ އެ މީހާ ފެނުނު ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި މައްސަލައާ ގުޅޭ އެއްވެސް އިތުރު ތަފުސީލެއް މިހާތަނަށް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ، ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބެމުން އަންނަ ވަރަކުން ހިއްސާކުރާނެ ކަމަށެވެ.

މި ފަހުން މާލޭގެ އެކި ސަރަހައްދުތަކުން މަރުވެގެން މީހުން ފެނުން ވަނީ ގިނަ ވެފައެވެ. އެގޮތުން މި މަހުވެސް މާލޭގެ އެކިތަން ތަނުން މަރުވެފައި އޮތް 2 މީހަކު ވަނީ ފެނިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-