-Advertisement-

-Advertisement-

ސައުދީ ރަސްގެފާނު ފުއްޕާމޭގެ އާލާސްކަންފުޅެއްގައި ފަރުވާދެނީ

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް. ފޮޓޯ: އެސްޕީއޭ

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާނަށް ފުއްޕާމޭގައި ދުޅަވެ ފަރުވާ ހޯއްދަވަމަންދާ ކަމަށް ސައުދީ އަރަބިއްޔާގެ ރަސްމީ ޕްރެސް އެޖެންސީން އާދީއްތަ ދުވަހު ބުނެފި އެވެ.

ޖިއްދާގެ އަލް ސަލާމް ޕެލަސްގައި ހުންނަ ރޯޔަލް ކްލިނިކަށް މެޑިކަލް އިވެލުއޭޝަނަކަށް ސަލްމާން ރަސްގެފާނު ގެންދިޔައީ ހުންއައިސް ހުޅުތަކުގައި ރިއްސުމުގެ ސަބަބުން ކަމަށާއި، އެތަނުގެ މެޑިކަލް ޓީމުން ވަނީ ފުއްޕާމޭ ދުޅަވެފައިވާކަން ފާހަގަކޮށްފައި ކަމަށް އެސްޕީއޭއިން އިތުރަށް ބުނެއެވެ. އެ ޓީމުން ވަނީ އެންޓިބަޔޮޓިކްސް ހިމެނޭހެން ތެރަޕީ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމަސް ލަފާދީފައެވެ.

އުމުރުން 88 އަހަރުގެ ސަލްމާން ރަސްގެފާނު އެންމެ ފަހުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހު އެވެ.

އިސްލާމްދީނުގެ އެންމެ މުޤައްދަސް ދެ ބިން ކަމުގައިވާ މައްކާ އަދި މަދީނާ ހިމެނޭ ސަޢޫދީ އަރަބިއްޔާގެ ވެރިކަމާ ސަލްމާން ހަވާލުވެ ވަޑައިގަތީ 2015 ވަނަ އަހަރުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-