-Advertisement-

-Advertisement-

ނަތަންޔާހޫ ހިމެނޭ ގޮތަށް އިސްރާއީލާއި ހަމާސްގެ ލީޑަރުން ހައްޔަރު ކުރުމުގެ ކޯޓު އަމުރެއް އައިސީސީން ނެރެފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނޭ ގޮތަށް އިސްރާއީލާއި ހަމާސްގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރު ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓުން ނެރެފިއެވެ.

އައިސީސީގެ ޗީފް ޕްރޮސެކިއުޓަރު ހޯމަ ދުވަހު ވިދާޅުވީ އިސްރާއީލާއި ހަމާސްއާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގައި ހިންގާފައިވާ ޖަރީމާތަކާއި ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ޑިފެންސް ޗީފް އަދި ހަމާސްގެ ތިން ލީޑަރުން ހައްޔަރު ކުރުމަށް އެދިފައިވާ ކަމަށެވެ.

ޕްރޮސެކިއުޓަރު ކަރީމް ޚާން ވިދާޅުވިގޮތުގައި ޣައްޒާގައި ހިންގި ހަނގުރާމައިގައި ހިންގައިފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ޖިނާއީ ޒިންމާ އެ ފަސް މީހުން އުފުލަންޖެހޭ ކަމުގައެވެ. އެ ފަސް މީހުންނަކީ އިސްރާއީލްގެ ބޮޑުވަޒީރު ނަތަންޔާހޫ، އެޤައުމުގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް އަދި ހަމާސްގެ ލީޑަރުން ކަމަށްވާ ޔަހްޔާ ސިންވާރު، މުހައްމަދު އަލް މަސްރީ އަދި އިސްމާއީލް ހަނިޔޭއެވެ.

މިކަމާއި ގުޅިގެން އެއްވެސް ފަރާތަކުން މިހާތަނަށް އެއްވެސް ބަހެއް ބުނެފައި ނުވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-