މެއި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް އެއްގަމާއި, ކަނޑު އަދި ވައިގެ މަގުން 267،657 ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް އައިސްފައިވާ ކަމަށް އެޤައުމުގެ ޕާސްޕޯޓް ކޮންޓްރޯލް ޑިޕާޓްޕެންޓުން ބުނެފިއެވެ.
އެޑިޕާޓްމެންޓުން ބުނެފައިވާ ގޮތުގައި އެންމެ ފަހުގެ ފަންނީ ކުރިއެރުންތަކާއި ގިނަ ބަސްބަހަށް ފަރިތަ ފުރިހަމަ ތަމްރީނު ލިބިފައިވާ މުވައްޒަފުން ބޭނުންކޮށްގެން އެރައިވަލްގެ ހުރިހާ ޕޮއިންޓެއްގައި ހައްޖުވެރިންނަށް އެންޓްރީ ޕްރޮސީޖަރތައް ވީހާވެސް އޮމާންކޮށް ކުރިޔަށްދާ ކަމަށެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން ކުރިޔަށްދާނީ ޖޫން މަހުގެ 14 އިން ފެށިގެން އެމަހުގެ 19 ގެ ނިޔަލަށެވެ.