-Advertisement-

-Advertisement-

ޔޫރޯ 2024 ގައި ހެރީ ކޭން ބައިވެރިވުމާއިމެދު ޝައްކުތަކެއް

ހެރީ ކޭން – ފޮޓޯ: ސްކައި ނިއުސް

އިނގިރޭސިވިލާތުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ހެރީ ކޭންއަށް ދިމާވި ކޮނޑުގެ އަނިޔާއަކާއި ގުޅިގެން, މިއަހަރުގެ ޖޫން މަހު ޖަރުމަނުގައި ބާއްވާ ޔޫރޯ މުބާރާތުގައި ބައިވެރިވުމާމެދު ޝައްކުތަކެއް އުފެދިއްޖެއެވެ.

އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ޔޫރޯ 2024 ގެ ސްކޮޑް މި ހަފްތާގެ ވަގުތެއްގައި  އިއުލާން ކުރުމަށް ހަމަޖެހިފައިވާއިރު، އެކުވެރިކަމުގެ މެޗެއްގައި ބޮސްނިއާ އަދި އައިސްލޭންޑާ ދެކޮޅަށް އެޓީމު ކުޅުމަށްވެސް ހަމަޖެހިފައިވެއެވެ.

މި އަހަރު ޖަރުމަނު ފުޓްބޯޅަ ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކޭން، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެ، “ބުންޑަސްލީގާ” ގައި ބަޔާން މިއުނިކް ކުޅުނު އެންމެ ފަހު ދެ މެޗުގައި ކުޅެފައި ނުވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ހޮފެންހައިމްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓޫޗެލް ވަނީ ކޭން އެނބުރި އިނގިރޭސިވިލާތަށް ދިޔައީ ފަރުވާ ހޯދުމަށް ކަމަށް ކަށަވަރުކޮށްދީފަ އެވެ.

އިންގްލެންޑްގެ ކެޕްޓަންގެ އަނިޔާގެ ބާވަތާއި ބެހޭ ގޮތުން ސުވާލު ކުރުމުން ޓޫޗެލް ވަނީ ކޭން ކޮނޑުގެ އަނިޔާއެއް ތަހައްމަލު ކުރަމުން އަންނަތާ ދެ ހަފްތާ ވެފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-