-Advertisement-

-Advertisement-

ގިނަ އަދަދެއްގެ ބަނގުރާ ފަޅު ރަށެއްގައި ވަޅުލާފައި ހުއްޓައި ފެނިއްޖެ

ޅ. އަތޮޅު ގާއެރިފަރުގައި ވަޅުލާފައި ހުރި ބަނގުރާ ފުޅިތަކެއް --- ފޮޓޯ/ ޕޮލިސް

ގާއެރިފަރު ނަމަކަށް ކިޔާ ޅ. އަތޮޅުގެ ފަޅު ރަށެއްގައި ވަޅުލާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ފުލުހުން ހޯދައިފިއެވެ.

ފުލުހުން އިއްޔެ ހާމަކުރި ގޮތުގައި އެ ރަށުގައި ވަޅުލާފައި ހުއްޓައި ފެނުނީ 91 ދަޅު ބަނގުރަލާއި 59 ފުޅި ބަނގުރާ ކަމަށެވެ. މި އޮޕަރޭޝަނަކީ ހިންނަވަރު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ހިންނަވަރު ޕޮލިސް ސްޓޭޝަނުން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ މިހާރު ގެންދަނީ ތަޙުޤީޤު ކުރަމުންކަމަށް ފުލުހުން ބުންޏެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-