-Advertisement-

-Advertisement-

ސަޢޫދީ އަރަބިއްޔާގެ ކޭއެސްރިލީފް ފަންޑް އިން ސޫދާނާއި ޕާކިސްތާނަށް އެހީ ފޯރުކޮށްދީފި

ސައުދީ އަރަބިއްޔާގެ އެހީދޭ އެޖެންސީ ކޭއެސްރިލީފް އިން ސޫދާނާއި ޕާކިސްތާނުގެ ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތީގެ އެހީގެ އެތައް ސަތޭކަ ޕެކޭޖާއި ބޯހިޔާވަހިކަމުގެ ކިޓް ފޯރުކޮށްދީފިއެވެ.

ސަޢޫދީ އަރަބިއްޔާގެ ދައުލަތުގެ ނޫސް އެޖެންސީ އެސްޕީއޭ އިން އަންގާރަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެހޭތެރިވެދޭ އެޖެންސީއެއް ކަމުގައިވާ ކޭއެސްރިލީފް އިން މިފަހަރު އެހީ ފޯރުކޮށްދީފައިވަނީ ސޫދާނުގެ ހަނގުރާމައިން ގެއްލުން ލިބިފައިވާ ސަރަޙައްދުތަކާއި, ޕާކިސްތާނުގެ ހާލުގައި ޖެހިފައިވާ މީހުން ގިނަ ސަރަހައްދެއް ކަމަށްވާ ބަލޫޗިސްތާން ޕްރޮވިންސްގައި ކަމަށެވެ.

އެ އިދާރާއިން 956 ކާބޯތަކެތީގެ ޕާރުސަލް ފޯރުކޮށްދިނުމުން ސޫދާނުގެ ގާތްގަނޑަކަށް 5،500 މީހުންނަށް ފައިދާ ކޮށްފައިވާއިރު,  ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގެ ގްވާޑާ ޑިސްޓްރިކްޓްގައި ގާތްގަނޑަކަށް  ބޯހިޔާވަހިކަމުގެ 600 ކިޓް ބަހައި, 4،000 އަށް ވުރެ ގިނަ މީހުންނަށް ފައިދާ ކޮށްފައިވާކަމަށް އެ އިދާރާއިން ހާމަ ކުރެއެވެ.

މި އެހީއަކީ މުޅި ދުނިޔޭގައި ކޭއެސްރީލީފް އިން ހިންގާ ރިލީފް އަދި އިންސާނީ އެހީތެރިކަމުގެ ސިލްސިލާ މަޝްރޫއުތަކުގެ ބައެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-