-Advertisement-

-Advertisement-

ކޯޕައިލެޓް ޕްލަސް ޕީސީ އޭއައި ފީޗާތަކާ އެކު ދައްކާލައިފި

މައިކްރޯސޮފްޓުން ކޮޕައިލެޓް ޕްލަސް ޕީސީ އޭއައި ފީޗާތަކާ އެކު ދައްކާލައިފިއެވެ.

މިދިޔަ ހޯމަ ދުވަހު މައިކްރޮސޮފްޓްގެ ސާފޭސް އެންޑް އޭއައި އިވެންޓުގައި އިފްތިތާހު ކުރި މި ޕީސީ އެ ކުންފުނިން ސިފަ ކުރީ “އެންމެ ހަލުވި، އެންމެ ވިސްނުންތޫނު ވިންޑޯޒް ޕީސީ”ގެ ގޮތުގައެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި ޕީސީގައި ސިކުންތަކު 40 ޓްރިލިއަނަށް ވުރެ ގިނަ އޮޕަރޭޝަން ކުރެވޭނެ ޚާއްޞަ ޗިޕްސެޓްތައް ހުންނާނެއެވެ.

މީގެ އިތުރުން ވެސް ކޯޕައިލޮޓް ޕްލަސް ޕީސީގެ ފީޗާތަކުގެ ތެރޭގައި، ވިޝުއަލް ސާފެސިން ޔޫސޭޖް ހިސްޓްރީއަށް ރިކޯލާއި ޕެއިންޓް ފަދަ އެޕްލިކޭޝަންތަކުގެ ތެރޭގައި ޑިޖިޓަލް އާޓް އުފެއްދުމުގައި އެހީތެރިވުމަށް ކޯކްރިއޭޓް ފަދަ އާ އޭއައި ޓޫލްސް ހިމެނެއެވެ. މައިކްރޮސޮފްޓުން މިހާރު ގެންދަނީ އެޑޯބް، ކެޕްކަޓް ފަދަ ޕާޓްނަރުންގެ އޭއައި ފީޗާތައް ވެސް އެ މީހުންގެ އޭއައި އޮޕްޓިމައިޒްޑް ސިސްޓަމްތަކަށް އިންޓަގްރޭޓް ކުރަމުގެ މަސައްކަތް ކުރަމުންނެވެ.

މައިކްރޮސޮފްޓުން ހާމަކުރާ ގޮތުގައި އަންނަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކޯޕައިލޮޓް ޕްލަސް ޕީސީ މޮޑެލްތައް ތަޢާރުފު ކުރުމަށް އެސާ، އަސުސް، ޑެލް، އެޗްޕީ، ލެނޯވޯ އަދި ސެމްސަންގްއިން ސޮއިކޮށްފައިވާކަމަށެވެ. މި ކެޓަގަރީގައި މައިކްރޮސޮފްޓުން އާ ސާފޭސް ޑިވައިސްތައް ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޯޕައިލެޓް ޕްލަސް ޕީސީގެ މައިގަނޑު އަނެއް ފީޗާއަކީ ރިކޯލްއެވެ. މިއީ ފައިލްތަކާއި ފޯލްޑަރުތަކާއި ވެބްސައިޓްތައް ހިމެނޭ ގޮތަށް ބޭނުން ކުރާ މީހެއްގެ ޕީސީ ޔޫސެޖް ހިސްޓްރީ ބްރައުޒް ކުރުމަށް ވިޝުއަލް ޓައިމްލައިނެއް ފޯރުކޮށްދޭ ފީޗާއެކެވެ. މައިކްރޮސޮފްޓުން ބުނަނީ މި ފީޗާއިން މައުލޫމާތު އިންތިޒާމް ކުރާނީ ކޮންމެ ޔޫޒަރެއްގެ ތަޖުރިބާއަށް ޚާއްޞަ ގުޅުންތަކާއި އެސޯސިއޭޝަންތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

މީގެ އިތުރުން ކޯޕައިލޮޓް ރައިޓިން އެސިސްޓެންޓް ފަދަ ކުރިން އިއުލާނުކޮށްފައިވާ ފީޗާތައް ވެސް މި ޕީސީން ޕްރީލޯޑް ވާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-