ޢައްޒާގެ ދެކުނަށް އިޒްރާއީލުގެ ސިފައިން ދެމުންއަންނަ ހަމާލާތަކުގައި ރަފާގެ މެދުގައި އޮންނަ ތޮއްޖެހިފައިވާ ޑިސްޓްރިކްޓްއެއްގެ އައްސޭރިއަށް ބޮންއަޅައި އެސަރަހައްދުގައި ދޭ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފިއެވެ.
ބުދަދުވަހުގެ ރޭ, ހަމަލާ ދިން މި ސަރަޙައްދުގައި ދިރިއުޅޭ 2.3 މިލިއަން މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ހިޔާވަހިކަން ހޯދަމުންއަންނަ ތަަންތަނަށް ބޮންއެޅުމުގެ ސަބަބުން އެތައް ބަޔަކު ވަނީ އެތަން ދޫކޮށް ހިޖުރަކޮށްފަ އެވެ. މީގެ އިތުރުން ޢައްޒާއަށް އެހީ ފޯރުކޮށްދޭ މަގު ބަންދުކޮށް, ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ސަބަބުން އެސަރަހައްދުގައި ބަނޑުހައިހޫނުކަން ފެތުރިދާނެކަމުގެ ބިރުވެސް ވަނީ ބޮޑުވެފަ އެވެ.
މިމަސް ފެށުނީއްސުރެ އިޒްރާއީލުގެ ސިފައިން ދަނީ މަޑުމަޑުން ރަފާހުގެ އިރުމަތީ ސަރަޙައްދުތަކަށް ދަތުރުކުރަމުން ކަމަށް ޚަބަރުލިބެއެވެ. މީގެ އިތުރުން އިޒްރާއީލުގެ ޑްރޯންތައް ޔިބްނާ އަވަށަށް ބަޑިޖަހަމުން އަންނަ ކަމަށާއި ރަފާގެ ގޮނޑުދޮށުގައި ހުރި މަސްބޯޓުތަކަށް ރޭގަނޑުގެ ވަގުތެއްގައި ދިން ބަޑީގެ ހަމަލާތަކެއްގެ ސަބަބުން އަލިފާން ރޯވެ ގެއްލުންވެފައިވާ ކަމަށް ފަލަސްތީނުގެ ރައްޔިތުން ހާމަކުރެއެވެ.
އިޒްރޭލުން ހާމަކުރާގޮތުގައި, އެ ސިޓީގައި ހިމާޔަތް ދެމުން އަންނަ ކަމަށް ގަބޫލުކުރާ ހަމާސްގެ ހަނގުރާމަވެރިންގެ އެންމެ ފަހު ބެޓެލިއަންތައް ނައްތާލުމަށް އެ ސިޓީއަށް ހަމަލާ ދިނުން ނޫން ގޮތެއް ނެތް ކަމަށެވެ.