-Advertisement-

-Advertisement-

މޫސުން ގޯސްވެ އެމްޓީސީސީގެ ގިނަ ފެރީ ދަތުރުތަކެއް ކެންސަލްވެއްޖެ!

ކަނޑު ގަދަ ދުވަހެއްގައި ދަތުރުކުރަމުން ދާ ފެރީ އެއް --

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަންގު މޫސުމުގެ ވިއްސާރައިގައި ވައިގަދަވެ ކަނޑުތައް ގަދަވުމުގެ ސަބަބުން އެމްޓީސީސީން އަތޮޅު ތެރޭގައި ފޯރުކޮށްދެމުން އަންނަ ގިނަ ފެރީދަތުރުތަކެއް ކެންސަލްކޮށްފިއެވެ.

އެގޮތުން އެ ކުންފުނިން ހާމަކުރިގޮތުގައި އެކި ސަރަހައްދުތަކުގައި މިއަދު ޝެޑިއުލް ކުރެވިފައިވާ 38 ފެރީ ދަތުރުތަކުގެ ތެރެއިން 30 ދަތުރެއް މޫސުން ތަން ނުދިނުމުގެ ސަބަބުން ވަނީ ކެންސަލް ކޮށްފައެވެ.

ރާއްޖެއަށް ކުރަމުންދަ ވިއްސާރައިގައި މޫސުން އިތުރަސް ގޯސްވެ، މޫސުން ގޯސްވެ، ވިލާގަނޑުގައި 60 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށް ނުވަ އަތޮޅަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން އޮރެންޖް އިންޒާރު ނެރިފައިވެއެވެ.

ރ އަތޮޅުން ފެށިގެން ވ އަތޮޅާއި އާއި ދެމެދުގެ ސަރަހަށްދަށް މިއަދު ފަތިހު 5:15ން ފެށިގެން ހެނދުނު 8:15 އާއި ދެމެދަސް ނެރުނު އޮރެންޖް އެލާޓްގައި މެޓް އޮފީހުން ބުނެފައިވަނީ އެ ވަގުތުތަކުގައި  ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-