-Advertisement-

-Advertisement-

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަލްސަން ޕީއެންސީއާ ގުޅިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެމްބަރު މުޙައްމަދު އަލްސަން އަޙްމަދު. ފޮޓޯ: ޕީއެންސީ

އަމިއްލަ ގޮތުން ތިނަދޫ ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެން މެންބަރު މުޙައްމަދު އަލްސަން އަޙްމަދު ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

އަލްސަން ޕީއެންސީއާ ގުޅިވަޑައިގެންނެވީ އިއްޔެއެވެ. މި ކަމާ ގުޅިގެން ޕީއެންސީން އިއްޔެ ވަނީ އެކްސްގައި ޕޯސްޓެއް އާންމުކޮށްފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަލްސަނަށް ކާމިޔާބު ކުރެއްވުނީ 71 ވޯޓުގެ ކުޑަ ފަރަގަކުންނެވެ. އަލްސަނަށް ޖުމްލަ ލިބިލެއްވީ 870 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ އަދަދަށް ބަލާލާ އިރު 39.38 އިންސައްތަ މީހުންގެ ވޯޓެވެ. އެންމެ ގާތުން ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓަށް 799 ވޯޓު ލިބިފައިވެއެވެ.

މިހާރު އަލްސަންގެ އުމުރަކީ 25 އަހަރުކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން އަލްސަނަކީ މަޖީލީހަށް އިންތިހާބުވި މެންބަރުންގެ ތެރެއިން އެންމެ ހަގު އެއް ބޭފުޅާއަށް ވާނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-