-Advertisement-

-Advertisement-

މާލޭގެ މަގަކަށް ފަލަސްތީނާ ގުޅުވައިގެން ނަން ދެނީ

މާލޭ ސިޓީ މޭޔަރ އާދަމް އާޒިމް – ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ފަލަސްތީނާ ގުޅުވައިގެން މާލޭގެ މަގަކަށް ނަން ކިޔުމަށް މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މާލޭގެ މަގަކަށް ފަލަސްތީނާ ގުޅުވައިގެން ނަން ކިޔުމަށް ހުށަހެޅުއްވީ ކައުންސިލްގެ އިއްޔެގެ ޖަލްސާގައި، މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމެވެ. މި ގޮތަށް ހެދުމުގެ އެންމެ ބޮޑު މަޤުޞަދަކީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ފަލަސްތީނަށް އޮތް ތާއީދު ހާމަކޮށްދިނުމެވެ.

މި ވަގުތު މާލޭގައި ނަން ނުކިޔާ އޮތް ތިން ވަރަކަށް މަގު އެބަ އޮތް ކަމަށް އާޒިމް ވިދާޅުވިއެވެ. ފަލަސްތީނުގެ ނަމާ ގުޅުވައިގެން މީގެ ތެރެއިން އެއް މަގަށް ނަން ދެވިދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެ ޖަލްސާގައި ބައިވެރިވެވަޑައިގެން ގިނަ ބޭފުޅުން ވަނީ އާޒިމްގެ ހުށަހެޅުއްވުމަށް ތާއީދު ކުރައްވާފައެވެ.

ނަން ދިނުމަށް ކަނޑައެޅިފައިވާ މަގާ ބެހޭ މައުލޫމާތު އަދި ކައުންސިލުން އާންމެއް ނުކުރެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-