-Advertisement-

-Advertisement-

މުދަލު ޒަކާތުގެ ނިސާބު 9،353.40 ރުފިޔާއަށް މަތިކޮށްފި

ރައްޖޭގެ ޒަކާތުގެ ކަންތައް ބަލަހެއްޓުމަށް ހަދާފައިވާ މޯލްޑިވްސް ޒަކާތް ހައުސްގެ ލޯގޯ

މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާ ނިސާބުގެ މިންވަރު 9،353.40 ރުފިޔާއަށް މަތިކޮށްފިއެވެ.

ނިމިދިޔަ ޖަނަވަރީ މަހު ޒަކާތު ހައުސްއިން ނެރުނު މުދަލު ޒަކާތުގެ މިންވަރަކީ 7،140 ރުފިޔާކަން ފާހަގަކޮށްލެވެއެވެ. އެހެންނަމަ ވެސް 9،353.40 ރުފިޔާއަށް މި އަގު އުފުލިފައި މި ވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.

ފައިސާއިން ޒަކާތް ދައްކާ ފަރާތްތަކުން، ފައިސާ ދައްކަން ޖެހޭނީ ރަން ނުވަތަ ރިއްސަށް އަގުކޮށްގެންނެވެ. ދިވެހިރާއްޖޭގައި ނިސާބު ކަނޑައަޅަނީ ރިހީގެ ނިސާބުންނެވެ. ރިހީގެ އަގުން ފައިސާ އަގުކުރުމަކީ ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވެއެވެ. ރާއްޖޭގައި ރިހީގެ އަގު ކަނޑައަޅަނީ، މޯޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ. މޯޑިވްސް މަނިޓަރީ އޮތޯރިޓީން ނިސާބު ކަނޑައެޅުމުން ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެ ފަރާތުގެ ވެބްސައިޓުގައި ގެނެވުނު ބަދަލުތައް އިއުލާން ކުރެއެވެ.

ނިސާބުގެ މިންވަރަށް އެކި ދުވަސްވަރު ބަދަލު އަންނަނީ ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. ޒަކާތް ނެރުން ވާޖިބު ވާނީ ނިސާބު ހަމަވާ މުދާ މިލްކިއްޔާތުގައި ހިޖްރީ ގޮތުން އެއް އަހަރު ހަމަވަންދެން ހުރުމުންނެވެ.

މިދިޔަ އަހަރު 26,799,500 ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންނަށް ޖަމާކޮށްފައިވެއެވެ.

 

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-