މީހުންގެ ބަރަހަނާ ފޮޓޯ ބޭނުންކޮށްގެން ބްލެކްމެއިލްކޮށް ފޭރޭ މައްސަލައެއްގައި ދެ މީހަކު މާލެއިން ހައްޔަރުކޮށްފިއެވެ.
ބްލެކްމެއިލްކުރުމާއި ބިރު ދައްކައި ފޭރުނު ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރީ ގ. ބެރުގެ އަލީ އިރުޝާދު އަދި ގ. ޝާރާޒް، އަޙްމަދު އަރީބް ކިޔާ ދެ ޒުވާނުންނެވެ.
އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ ޝަރީއަތް ވަކި ގޮތަކަށް ނިމެންދެން ރިމާންޑް ޖަލެއްގައި އެ ދެ މީހުން ބަންދުކުރަން އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ހާދިސާ ހިނގި ތަނުން އެކަން ހިނގިތާ މާގިނައިރުތަކެއް ނުވަނީހެވެ.
އެ ކޯޓުގެ އަމުރުގައިވާ ގޮތުން ދެ މީހުން ވެސް ހައްޔަރުކޮށްފައިވަނީ ހާދިސާ ހިނގި ތަނުން އެކަން ހިނގިތާ މާގިނައިރުތަކެއް ނުވަނީހެވެ. އެމީހުންގެ އަތުން އަނިޔާ ލިބުނު މީހާގެ ފޯނު ފެނިފައިވެއެވެ. އަނިޔާ ލިބުނު މީހާގެ ފޯނުން ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ފެނުނު ސަބަބެއް ވެސް ސާފެއް ނޫނެވެ. އެ ފޯނުން ގިނަ ބައެއްގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ފެނިފައިވާ ކަމަށް ކޯޓު އަމުރުގައިވެ އެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުންނަކީ ކުށުގެ ރެކޯޑް އޮތް ބައެކެވެ.