-Advertisement-

-Advertisement-

ޕީއެންސީގެ އެސްޖީއަކަށް ޒީނާޒް!

ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް ޒީނާޒް ޢަދުނާން

ވެރިކަން ކުރާ ޕާޓީ، ޕީއެންސީ/ ކޮންގްރެސް ޕާޓީގެ އެސްޖީއަކަށް ސިޓީސް މިނިސްޓްރީގެ މިނިސްޓަރ އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުން  ޒީނާޒް ޢަދުނާން ހަމަޖައްސައިފިއެވެ.

އެކަން ހާމަކޮށް އެ ޕާޓީން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެޕާޓީގެ އައު ސެކެޓްރީ ޖެނެރަލް އަކަށް ޒީނާޒް ޢަދުނާން ހަމަޖައްސާފައިވާ ކަމަށެވެ.

https://x.com/pnc_secretariat/status/1794046671728603232

ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގެ ސީއީއޯކަންވެސް ކުރެއްވި ޒީނާޒް ވަނީ މި އަހަރުގެ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ފުވައްމުލަކު ދެކުނު ދާއިރާގެ ޕީޢެންސީގެ ޓިކެޓަށް އެ ޕާޓީގެ ޕްރައިމަރީގައިވެސް ވާދަކުރައްވާފައެވެ.

އެހެންނަމަވެސް ޕްރައިމަރީގައި ކާމިޔާބީ ލިބިފައެއް ނުވެއެވެ.

ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ހިންގުން ވަރުގަދަ ކުރުމަށް ބޮޑެތި ބަދަލުތަކެއް އަންނަނީ ގެންނަމުންނެވެ. އެގޮތުން ޕާޓީގެ ޗެއާޕާސަންއަކަށް އަބްދުއްރަހީމް ހަމަޖައްސާފައިވާއިރު އެޕާޓީގެ ލީޑަރަކީ ރައީސް ޑރ މުހައްމަދު މުއިއްޒު އެވެ. ކޮންގްރެސް ޕާޓީއަކީ އަންނަ ހަފްތާގައި ހުވާކުރާ 20 ވަނަ މަޖިލީހުގެ ސުޕާމެޖޯރިޓީ ވެސް އޮތް ޕާޓީއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-