ހުކުރު ދުވަހު ރާއްޖެ އައި ސްރީ ލަންކާ މީހަކު އެއާޕޯޓުން ހިފެހެއްޓުމަށް ފަހު، އިއްޔެ އަނބުރާ ލަންކާއަށް ފޮނުވާލައިފިއެވެ.
ލަންކާއަށް ނިސްބަތްވާ މި ފިރިހެން މީހާގެ ނަމަކީ ނަދީޝް ޕެރޭރޭއެވެ. އެ މީހާއަކީ މީގެ ކުރިން ދިވެއްސަކާ ކައިވެނިކޮށްގެން އުޅުނު މީހެކެވެ.
އޭނާގެ ވަކީލު މައުލޫމާތު ދިން ގޮތުގައި ފުލުހުން ވަނީ އޭނާގެ މައްޗަށް ގަދަބާރު ބޭނުންކޮށް ބިޑި އަޅުވައިގެން ގެންގޮސް އޭނާ ފުރުވާލައިފައެވެ. އަދި އޭނާ ފުރުވާލުމުގައި ކޯޓު އަމުރެއް ނުވަތަ ޑީޕޯޓު ކުރިކަމުގެ ލިޔުމެއް ވެސް ފުލުހުންނަށް ދެއްކިފައި ނުވާކަން ވަކީލު ފާހަގަކުރިއެވެ.
މި ކަމާ ގުޅިގެން މޯލްޑިވްސް އިމިގްރޭޝަނުން ހުކުރު ދުވަހުގެ ރޭ ހާމަކުރި ގޮތުގައި، އެ މީހާ ރާއްޖެއަށް އެތެރެވިޔަ ނުދީ ހިފެހެއްޓީ އެ މީހާއަކީ މީގެ ކުރިން ޑީޕޯޓްކޮށްލާފައިވާ މީހަކަށްވާތީއެވެ.
އިމިގްރޭޝަނުން ބުނާ ގޮތުގައި އެ މީހާއަކީ އެ އިދާރާގެ ގާނޫނުގެ 8 ވަނަ މާއްދާގެ ދަށުން ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެކެވެ. އެހެންވެ، އިމިގްރޭޝަންގެ ގާނޫނުގެ 20 ވަނަ މާއްދާ އަށް ރިއާޔަތްކޮށް އެ ގާނޫނުގެ 33 ވަނަ މާއްދާގައިވާ ‘ގާނޫނާއި ގަވާއިދާ ހިލާފުވެގެން ބިދޭސީންނަށް އަދަބު ކަނޑައެޅުން’ މި ގާނޫނުގެ ދަށުން އެ މީހާ ފޮނުވާލީ މި މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ކަނޑައެޅިފައިވާ މުއްދަތަކަށް ރާއްޖެ ނާދެވޭގޮތަށް ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
Entry clearance, leave to enter or remain in the Maldives is clearly defined in the Immigration law. Immigration law will be enforced without discrimination to all.
— Mohamed Shamaan Waheed (@ShamaanW) May 24, 2024