-Advertisement-

-Advertisement-

ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ ކުއްޖާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ވިލިމާލޭގައި ދިރިއުޅެމުންދާ ތ. މަޑިފުށި/ ނައިޓްރޯސް، ޒޯޔާ ފިކުރީ މި މަހު 21 ވަނަ ދަވަހުން ފެށިގެން ގެއްލިގެން އާއިލާއިން ހޯދަމުން ދިޔަ ކަމަށް ފުލުހުންވަނީ ބުނެފައެވެ. ނަމަވެސް މިހާރު އެކުއްޖާ ވަނީ އާއިލާއާއި ހަވާލުކޮއްފައިކަމަށްވެސް ފުހުލުން މައުލޫމާތް ދީފައިވެއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ޒޯޔާ ރޭގެ ވަގުތެއްގައި މާލެއިން ފެނިފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށެވެ. އަދި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-