-Advertisement-

-Advertisement-

ކަރަންޓުގައި ޖެހި ހާލު ސީރިއަސްވި ކުއްޖާ ހާލު ދެރަވެގެން މާލެ ގެނެސްފި

ކަރަންޓްގައި ޖެހުނު ސަރަހައްދު ބަންދުކޮށްފައި - އުނގޫފާރު.ކޮމް

ރ. އުނގޫފާރުގައި ކަރަންޓްގައި ޖެހުނު އަށް އަހަރުގެ ކުއްޖަކު ސަލާމަތްކުރަން އުޅުން 18 އަހަރުގެ ކުއްޖާ ހާލު ސީރިއަސްވެގެން އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

އެކުއްޖާއަށް ފުރަތަމަ އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިއްޔެ މާލެ ގެނެސްފައިވާކަމަށް އާއިލާ އާއި ހަވާލާދީ މިހާރު ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

އެކުއްޖާ މާލެ ގެނެސް ފަރުވާދެމުންދާއިރު، މިވަގުތު އޮތީ ވެންޓިލޭޓަރުގައިކަމަށާއި ހާލު ވަރަށް ސީރިއަސްކަމަށް ޢާއިލާއިން ބުނެފައިވެއެވެ. އަދި ކުއްޖާގެ ހާލު ސިފަކޮށްދެމުން ކުއްޖާއަށް ވަރަށް އަނިޔާ ލިބިފައިވާ ކަމަށާއި ކުއްޖާ ދަނީ މަރާ ހަނގުރާމަ ކުރަމުން ކަމަށް އާއިލާއިން ބުނެފައިވެއެވެ.

އެކުއްޖާއަށް އަނިޔާވެފައިވަނީ އެރަށުގެ ޕާކު ސަރަހައްދުގައި ހުރި ހޮޅިދަނޑިއަކުން ފެންގަނޑަށް ކަރަންޓް އައިސްފައި ވަނިކޮށް ފެންގަނޑަށް އެރުނު ކުއްޖަކަށް ކަރަންޓް ޖެހުމުން އެކުއްޖާ ސަލާމަތްކުރުމަށް އުޅުމުގެ ތެރޭގައި ފެންގަނޑަށް ވެއްޓި ހޮޅިދަނޑީގައި އަތްލެވުމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-