-Advertisement-

-Advertisement-

62 މިލިއަން ރުފިޔާ އަދިވެސް މަސްވެރިންނަށް ނުދެވި އެބަ އޮތް: ފިޝަރީޒް މިނިސްޓަރު

ފޮޓޯ: ޕީއެސްއެމްނިއުސް - މިދިޔަ އަހަރު ނޮވެމްބަރު މަހު މަސްވެރިންނަށް 1.6 މިލިއަން ޑޮލަރު މިފްކޯއިން ދެއްކުމާ ގުޅިގެން ޝިޔާމް ޕީއެސްއެމަށް ދެއްވި އިންޓަވިއުގެ ތެރެއިން

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ދައްކާފައިވާކަމަށާއި އޭގެ ފަހުން މިއަދާ ހަމައަށް މަސްވެރިންނަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 62 މިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރިމަތި ކުރެއްވި ސުވާލެއްގެ ޖަވާބުގައި ޝިޔާމް ވިދާޅުވީ، ސަރުކާރުން މިދިޔަ އެޕްރީލް މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށެވެ. ހަމައެހެންމެ އޭގެ ފަހުން އިއްޔެގެ ނިޔަލަށް 62 މިލިއަން ރުފިޔާ ދޫނޫކުރެވި އެބަހުރިކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ފާހަގަކުރެއްވި ގޮތުގައި މަސް ނިމޭއިރު މިފްކޯއަށް އުނދަގޫތަކެއް ހުންނާނެ ކަމަށް ގަބޫލުކުރެއްވެއެވެ. އެހެންނަމަވެސް އުއްމީދު ކުރައްވަނީ މި ފައިސާ ވީހާވެސް އަވަހަށް މަސްވެރިންނަށް ދައްކާ ހަލާސް ކުރެވޭނެގޮތް ވުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވި އިރު 250 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް މަސްވެރިންނަށް ނުދެވި އޮތެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު މަހުގެ އަގު ވަނީ 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކޮށްފައެވެ. މި ސަބަބާ ހުރެ މަސްވެރިންނަށް ދައްކަން ޖެހޭ ފައިސާގެ އަދަދު ކުއްލިއަކަށް މައްޗަށް ދިޔަކަމަށް ފިޝަރީޒް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-