-Advertisement-

-Advertisement-

މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް އިންތިޙާބު ކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ސިޔާމް.

ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް އިންތިޙާބު ކުރުމަށް ބޭއްވޭ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ދ. މީދޫ ދާއިރާގެ އިންތިޙާބީ މެމްބަރު އަޙްމަދު ސިޔާމްކަމަށް ކަނޑައަޅައިފިއެވެ.

މި ދައުރުގައި އިންތިހާބުވެވަޑައިގެންނެވި މެންބަރުން ހުވާ ކުރެއްވުމަށް ބާއްވާ ޖަލްސާ އޮންނާނީ މޭ 28 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ޖަހާއިރުއެވެ. މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް އިންތިހާބު ކުރުން ވެސް ކުރިއަށް ގެންދާނީ އެ ޖަލްސާގައެވެ. ރައީސްއާއި ނައިބު ރައީސް އިންތިހާބު ކުރުން އޮންނާނީ މެންބަރުން ހުވާ ކުރެއްވުމަށް ފަހު ހެނދުނު 10:15 ގައެވެ.

މި ދައުރުގައި މަޖިލީހަށް އިންތިޙާބުވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ދައުރު ފުރިހަމަ ކުރައްވާފައި ހުންނެވި ބޭފުޅަކީ ސިޔާމެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް އިންތިހާބު ކުރެވެންދެން ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބަވާ މެމްބަރުންގެ ތެރެއިން މަޖިލީހުގެ މެމްބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރެވެ.

މީގެ ކުރިން ސިޔާމް ވަނީ މެދުކެނޑުމެއް ނެތި 4 ދައުރު ފުރިހަމަކުރައްވާފައެވެ. މިއީ ސިޔާމް މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި 5 ވަނަ ފަހަރެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-