ޗުއްޓީއަށް ރާއްޖެ އައިސް އުޅުން ފަތުރުވެރިންތަކެއް އެމީހުން ދަތުރުކުރަމުން ދިޔަ ޔޮޓުގާއި ގެންގުޅުން ކުއްތާއެއް ހުއްދައާއި ޚިލާފަށް ތުލުސްދޫއަށް ބޭލި މައްސަލަ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބަލަން ފަށައިފިއެވެ.
މިއަދު ކަސްޓަމުން ނެރެފައިވާ ނޫސްބަޔާނުގައި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަ ކުއްތާއަކީ މެއި 16 ވަނަ ދުވަހު ސެއިލިންގ ޔެޓެއްގައި ރާއްޖެ ގެނެސްފައިވާ ކުއްތާއެއް ކަމަށާއި މިސްޓްރީ އޮފް ޑިފެންސްއިން އެކުއްތާ ހަމައެކަނި ޕެޓް ޑޯގެއްގެ ގޮތުގައި އެޔޮޓުގައި ގެންގުޅިމަށް ހާއްސަ ހުއްދައެއް ދީފައިވާކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން މިނިސްޓްރީ އޮފް ޑިފެންސްއިން އެޔޮޓުގައި ކުއްތާ ގެންގުޅުމަށް ދީފައިވާ ޚާއްސަ ހުއްދައިގައި އެޔޮޓު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދަތުރުކުރި ނަމަވެސް، ޔޮޓުން ކުއްތާ ނުބެލޭނެކަން ދޫކޮށްފައިވާ ހުއްދާގައި ބަޔާންކޮށްފައިވާނޭ ކަމަށް ކަސްޓަމުން ނެރެފައިވާ ނޫސް ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
އެހެންނަމަވެސް ދޫކޮށްފައިވާ ޚާއްސަ ހުއްދާގައި ކަނޑައަޅާ ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް ކުއްތާ ޔޮޓުން ބާލައިގެން ރާއްޖޭގެ ރަށެއްގައި ގެންގުޅެފައިވާކަމަށް ބެލެވޭތީވެ އެކަން މޯލްޑިވްސް ކަސްޓަމްސް ސާރވިސްއިން ތަޙްޤީޤް ކުރަމުންދާކަމަށް ބަޔާންކޮށްފައިވެއެވެ.
ކުއްތާއަކީ ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން މިނިސްޓްރީ އޮފް ޑިފެންސްގެ ޙާއްސަ ހުއްދައެއް ލިބިގެން ގެނެވޭނެ އެއްޗެކެވެ.