-Advertisement-

-Advertisement-

ނަފާ ސްކީމްގެ ދަށުން 13 މިލިއަން ރުފިޔާގެ ލޯނު ދަނޑުވެރިންނަށް ދީފި

މާފަހި ޕްރޮޖެކްޓް – ފޮޓޯ: އެމްއެފްއާރު

މި އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ދަނޑުވެރި ނަފާ ލޯނު ސްކީމްގެ ދަށުން 13 މިލިއަން ރުފިޔާގެ ލޯނު ދަނޑުވެރިންނަށް ދޫކުރެވިފައިވާކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފިއެވެ.

އެގްރިކަލްޗާ މިނިސްޓްރީން މި ކަން ހާމަކޮށްފައިވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ކަމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް ވިޝާމާ ވިދާޅުވީ ލޯނުގެ ތެރެއިން 8 މިލިއަން ރުފިޔާ ވިޔަފާރިތަކަށް ދޫކޮށްފައިވާ އިރު 5 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ އަމިއްލަ ފަރުދުންނަށެވެ. ވިޝާމާ ވިދާޅުވީ، އެ ލޯނުތައް ދޫކުރީ އެސްޑީއެފްސީއާ ގުޅިގެން ކަމަށެވެ.

މީގެ އިތުރުން ދަނޑުވެރިންނާއި ދަނޑުވެރިކަން ކުރިއަރުވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ވަނީ 15 މިލިއަން ރުފިޔާގެ މެޗިން ގްރާންޓު ސްކީމެއް ވެސް ތައާރަފުކޮށްފައެވެ. އެގޮތުން އދ. އޮމަދޫއާއި ދ. ދަރަނބޫދޫގައި ހައިޑްރޯފޯނިކްސް ފާމިން ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެއެވެ. މި މަޝްރޫއުގެ ދަށުން މި ދެ ރަށުން ކޮންމެ ރަށެއްގެ 10 ދަނޑުވެރިއަކަށް ހައިޑްރޯފޯނިކްސް ސިސްޓަމް ފޯރުކޮށްދޭނެކަމަށް ވިޝާމާ ވިދާޅުވިއެވެ. އެގޮތުން ކޮންމެ ދަނޑުވެރިއަކަށް 50 ލެޓިއުސް އިންދޭ ސިސްޓަމަކާއި ކިއުކަމްބާ މެލަންގެ 25 ގަސް ހެއްދޭ ސިސްޓަމެއް ފޯރުކޮށްދޭނެކަމަށް ވިޝާމާ ވިދާޅުވިއެވެ. އެގޮތުން މި މަޝްރޫޢުގެ ޕްރޮކިއުމެންޓް މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވިޝާމާ ވިދާޅުވިއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-