-Advertisement-

-Advertisement-

20 ވަނަ ރައްޔިތުންގެ މަޖިލިހުގެ 93 މެމްބަރުން ހުވާކުރައްވައިފި

ވިހިވަނަ މަޖިލީހުގެ މެންބަރުން ހުވާކުރުން: މެންބަރުން ވަނީ ހުވާކޮށްފައި -- ފޮޓޯ/ މަޖިލީސް

ރައްޔިތުންގެ މަޖިލިހުގެ 20 ވަނަ ދައުރަށް އިންތިޚާބުވެވެ ވަޑައިގެން 93 މެމްބަރުން، މެމްބަރުކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދާރާގައި މިއަދު ހެނދުނު 9:00ގައި ކުރިއަށް ގެންދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ހުވާކުރުމުގެ ރަސްމިޔާތުގައި އެ މެމްބަރުންނަށް މަޤާމުގެ ހުވާ ލައިދެއްވީ، އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ.

މީގެ އިތުރުން މަޖިލިހުގެ މިދައުރުގެ ފުރަތަމަ ޖަލްސާ މިއަދު ހެނދުނު 10:15 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، އެ ޖަލްސާގައި ރައްޔިތުންގެ މަޖިލިހުގެ ރައީސާއި އަދި ނައިބު ރައީސް އިންތިޚާބު ކުރުމަށް ވަނީ އެޖެންޑާ ކުރެވިފައެވެ..

އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލިހުގައި މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަސް ހޭދަކުރެއްވި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދެވެ.

މިއަދުގެ އެޖެންޑާގައި ރައީސާއި ނައިބު ރައީސް އިންތިހާބު ކުރުމަށް ފަހު ދެން އޮތީ ގާނޫނުއަސާސީގެ 88 ވަނަ މާޢްދާގެ ދަށުން މަޖިލީހުން އެކުލަވާލަން ޖެހޭ ހިންގުމުގެ ގަވައިދާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަ ކުރިއަށް ގެންދިޔުމެވެ.

މިދިޔަ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އޭގެ ފަހުން އަމިއްލަ ގޮތުން އިންތިހާބުވި 10 މެންބަރަކު އެ ޕާޓީ އާ ގުޅިވަޑައިގަތުމުން ޕީއެންސީގައި މިހާރު ތިއްބެވީ ޖުމްލަ 76 މެންބަރުންނެވެ.

މަޖިލީހުގައި ދެން ތިއްބަވާނީ އެމްޑީޕީގެ 12 މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރަކާއި އެމްއެންޕީގެ މެންބަރަކާއި އަމިއްލަ ގޮތުން އިންތިހާބުވި މެންބަރެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-