-Advertisement-

-Advertisement-

ޕީއެންއެފް އޮފީހާއި ޗެނަލް-13 ޔާމީންގެ ގެކޮޅަށް ބަދަލު ކުރަނީ

ރައީސް ޔާމީން
ފޮޓޯ: ތިލަދުން،

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)އާއި ޗެނަލް 13 އެ މަނިކުފާނުގެ އަމިއްލަފުޅު ގެކޮޅަށް ބަދަލު ކުރަން ނިންމައިފިއެވެ.

ޕީއެންއެފްގެ ފަރާތުން މުހައްމަދު މަލީހު ޖަމާލު މީޑިއާއަކަށް ވިދާޅުވި ގޮތުގައި ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެ ޕާޓީގެ އޮފީހާއި ޗެނަލް 13 އޮފީސް ޔާމީންގެ ގެކޮޅަށް ބަދަލު ކުރެވިގެންދާނެއެވެ. ޕީއެންއެފްގެ އޮފީސް މީގެ ކުރިން ހިންގަމުން އައީ ކުރިން ޕީޕީއެމް/ޕީއެންސީ އޮފީސް ވެސް ހިންގަމުން ދިޔަ ހ. ހުރަފާގައެވެ. އަދި ޗެނަލް 13 ކުރިން ހިންގަމުން އައީ އަލިކިލޭގެފާނު މަގުގައި ޔާމީން ކުރިން ދިރިއުޅުއްވި ދޫވެހި ގޭގައެވެ.

ރިޔާސީ އިންތިހާބުގެ ތެރޭގައި ޔާމީނާއި ރައީސް ޑރ މުޙައްމަދު މުޢިއްޒާ ދެމެދު އުފެދުނު ދެބަސްވުމެއްގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ވަކިން އޮފީހެއް ހުޅުވާފައެވެ. އެ އޮފީސް ހުންނަނީ ހ. ސީޓްރެކްގެ ހަތްވަނަ ފަންގިފިލާގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-