-Advertisement-

-Advertisement-

ފަލަސްތީނުގެ ޓެންޓްތަކަށް އިސްރާއީލުން ދިން ހަމަލާ ރައީސް ކުށްވެރި ކުރައްވައިފި

ހުރަވީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވާހަކަދައްކަވަނީ– ފޮޓޯ: މުޙައްމަދު ޝާބިން ނިއުސްލެބް

އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ބޮމުގެ ހަމަލާތަކުގައި ގެދޮރު ގެއްލިފައިވާ ރައްޔިތުންނަށް ބޯ ހިޔާވަހިކަން ރަފާހްގައި ގާއިމްކޮށްފައިވާ ޓެންޓްތަކަށް އިސްރާއީލު ސިފައިން ދިން ނުރައްކާތެރި ޙަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.

މި ހަމަލާ ކުށްވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައިނަލްއަގްވާމީ ގާނޫނުތަކުން އެއްވެސް ގައުމަކަށް އިސްތިސްނާ ނުވާނެކަމަށާއި ވުމާއެކު އިސްރާއީލުން އައިސީޖޭގެ ނިންމުންތަކަށް ބޯލަނބަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލައްވައި ރައީސް ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ ވަސީލަތްތައް ހޯދައިދެވޭނެ ގޮތް ހަދައިދޭން ޖެހޭކަމަށެވެ.

ނިރުބަވެރި އިސްރާއީލުން މިމަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ ޣައްޒާގެ ރަފާހަށް ވަދެގަނެ، ހަމަލާތައް ދޭން ފެށުމާއި އެކީ ދެކުނު އެފްރިކާއިން ދުނިޔޭގެ ކޯޓަށް ހުށަހެޅި ކުއްލި މައްސަލައިގައި މެއި 21 ވަނަ ދުވަހު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ވަނީ ނިރުބަވެރި ރަފާހަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އަމުރުކޮށްފައެވެ.

ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް4) ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މިއީ އިސްރާއީލުގެ ލީޑަރުން އިންސާފުގެ ކުރިމައްޗަށް ގެނެސް އެމީހުންގެ ޖަރީމާތަކަށް ޖަވާބުދާރީކުރުވާންވީ ވަގުތު ކަމަށް ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-