-Advertisement-

-Advertisement-

ޒިންމާދާރު ރައްޔިތުންނަށް ފަސޭހަކޮށްދޭ މަޖިލީހަކަށް ހެއްދެވުމަށް ރައީސް އެދެފި

ފޮޓޯ ރައީސް އޮފީސް

ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި މިހާތަނަށް ދެކޭނެ އެންމެ ޒިންމާދާރު އެންމެ އިތުބާރު ހުރި ޤައުމާއި ރައްޔިތުންނަށް އެންމެ މަންފާހުރި ކަންކަން ނިންމާ މަޖިލީހަށް މިއަދު ހުވާކުރި 20 ވަނަ ރައްޔިތުންގެ މަޖިލީސް ހައްދަވައިދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 93 މެމްބަރުން ހުވާކުރުމާއި ގުޅިގެން ‘އެކްސް’ މެދުވެރިކޮށް މެމްބަރުންނަށް ތަހުނިޔާކިއުއްވާ ރައީސް ވިދާޅުވީ އެމަނިކުފާނުގެ އުންމީދަކީ މި މަޖިލީހަކީ މިހާތަނަށް ފެންނަ އެންމެ ޒިންމާދާރު އަދި އިތުބާރު ހިފޭ މަޖިލީހަށް ވެގެން ދިއުމެވެ. ހަމައެއާއެކު މިއަދު ހުވާ ކުރި ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންނަށް މަންފާ ހުރި ގިނަ ކަންތައްތަކެއް ނިންމާނޭ މަޖިލީހަކަށް ވެގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

މިއަދު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީޙުގެ މެމްބަރުންގެ ހުވާ ކުރުމުގެ ޖަލްސާ ބާއްވާފައިވާއިރު، އެބޭފުޅުންނަށް ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަޙުމަދު މުޢުތަސިމް އަދުނެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ ރައީސްގެ ގޮތުގައި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިންތިޙާބު ކޮށްފައިވާއިރު، މިފަހަރުގެ ރައްޔިތުންގެ މަޖިލީހުން ސަރުކާރު ހިނގާ މަޖިލީހުގެ ސުޕާ މެޖޯރިޓީ ވަނީ ލިބިފައެވެ. އެގޮތުން މިހާރު ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ 76 މެމްބަރަކު ތިބޭއިރު މަޖިލީހުގައި ދެން ތިއްބަވާނީ އެމްޑީޕީގެ 12 މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ މެމްބަރަކާއި އެމްއެންޕީގެ މެމްބަރަކާއި އަމިއްލަ ގޮތުން އިންތިހާބުވި މެމްބަރެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-