-Advertisement-

-Advertisement-

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވެ އުދައެރުން އެކަށީގެންވޭ

ފޮޓޯ: މޯލްޑިވްސް ފައިނޭންޝަލް ރިވިއު

ރާއްޖެ ސަރަހައްދަށް މިހާރު ކުރަމުން މިދާ ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ސަރަޙައްދަށް ގަދަވަޔާއެކު ވިއްސާރަކޮށް، ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އެއިދާރާއިން މިއަދު ނެރެފައިވާ ބަޔާންގައި ބަޔާންކޮށްފައިވާ ގޮތުގައި އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭއިރު ކުރިއަށް އޮތް ތިން ދުވަހު ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނޭކަމަށް ލަފާކުރެވޭކަމަށް ބަޔާންކޮށްފައިވެއެވެ.

އެއިދާރާއިން ބަޔާންކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ކަނޑުތައްވެސް ވަރަށް ގަދަވާނޭކަމަށް ލަފާކުރެވެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުންވެސް އެކަށީގެންވެއެވެ.

އެހެންކަމުން ހުރިހައި ފަރާތްތަކުން އަދި ވަކީން ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކަށް މޫސުމަށް ސަމާލުވުމަށާއި ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވޅު އެޅުމަށް މޫސުމާއިބެހޭ ގަޢުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-