-Advertisement-

-Advertisement-

ނޭޕާލް މީހަކު ރަހީނުކުރުމާ ގުޅިގެން އަނެއްކާ ވެސް މީހަކު ހައްޔަރު ކޮށްފި

ފޮޓޯ: މޯލްޑިންސް ޕޮލިސް ސާވިސް

ގެސްޓްހައުސެއްގައި ނޭޕާލް މީހަކު ރަހީނުކުރުމާ ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން ދޫކޮށްލި މީހާ އަނެއްކާ ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ނޭޕާލް މީހަކު ރަހީނުކުރޮށްގެން ގެންގުޅުނީ މާލެގެ މާފަންނުގައި ހުންނަ ގެސްޓްހައުސެއްގައެވެ. އެ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ފުލުހުން ވަނީ އެ މީހާ ހޯދާފައެވެ.

އަދި މި އަމަލު ހިންގި ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ ފިރިހެނުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި ހައްޔަރުކުރި ދެ ފިރިހެނުންގެ ތެރެއިން އެކަކު މި މަހުގެ 25 ވަނަ ދުވަހު ދޫކޮށްލާފައިވާއިރު އަނެއް މީހާގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހާފައެވެ.

މި މައްސަލައާ ގުޅިގެން ދޫކޮށްލި މީހާ އަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހާފައެވެ. އަދި ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީޤުކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-