-Advertisement-

-Advertisement-

ބީއެމްއެލުން ދިރުހަމާއި ޔުއާނުން މުއާމަލާތް ކުރެވޭނެ ގޮތް ފަހިކޮށްދޭން ނިންމައިފި

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމަކް ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 2024ގައި ވާހަކަ ދައްކަވަނީ – ފޮޓޯ: އެޑިޝަން.އެމްވީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންނަށް ޔޫއޭއީގެ ދިރުހަމުންނާއި ޗައިނާގެ ޔުއާން ފައިސާއިން މުއާމަލާތް ކުރެވޭނެ ގޮތް ހެދުމަށް ނިންމާފައިވާކަމަށް ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމަކް ވިދާޅުވެއްޖެއެވެ.

ރޭ ހޮޓެލް ޖެންގައި ބީއެމްއެލުން ބޭއްވި އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ކާލް ވިދާޅުވީ މި ކަމަށް ތައްޔާރުވުމުގެ ގޮތުން އެ ބޭންކުގެ ސިސްޓަމްތައް މިހާރު ކޮންފިގަރޭޓް ކޮށްފައިވާކަމަށެވެ. ބީއެމްއެލްގެ އަމާޒަނީ ހުރިހާ ދިވެހިން އެންމެ ފުރަތަމަ ޚިޔާރު ކުރާ ބޭންކަކީ ބީއެމްއެލް ކަމުގައި ހެދުންކަމަށް ކާލްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެ ބޭންކުން މިހާހިސާބަށް އައުމުގައި ކަސްޓަމަރުންގެ މިންވަރު ބޮޑުކަން ވެސް އެ ބޭފުޅާ ފާހަގަކުރެއްވިއެވެ.

ބީއެމްއެލަކީ އަހަރަކަށް ވުރެ އަހަރެއް ޚިދުމަތްތައް ފުޅާކޮށް މަގުބޫލުކަން އިތުރުކުރަމުން އަންނަ ބޭންކެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ބީއެމްއެލްއިން މިހާތަނަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރީ 2023 ވަނަ އަހަރެވެ. މިދިޔަ އަހަރު 2.07 ބިލިއަން ރުފިޔާގެ ސާފު ފައިދާ އެ ބޭންކަށް ވަނީ ލިބިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-