-Advertisement-

-Advertisement-

ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް ބީއެމްއެލުން ނިންމައިފި

ފޮޓޯ: ބޭންކް އޮފް މޯލްޑިވްސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާ ބެހުމަށް ފާސްކޮށްފިއެވެ.

ބީއެމްއެލްގެ ދިގު ތާރީޚުގައި ހިއްސާގެ ފައިދާގެ ގޮތުގައި ބަހާ އެންމެ ބޮޑު އަދަދަށް މި އަދަދު ވާނެއެވެ. މި އަހަރު ޖުމްލަ ހިއްސާގެ ފައިދާގެ ގޮތުގައި 269 މިލިއަން ރުފިޔާ ބަހަން ރޭ އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ނިންމިއެވެ. މި ގޮތަށް ފާސްވީ، ޖަލްސާގައި ބައިވެރިވި ހިއްސާދާރުން އެ ކަމާ ހަވާލުކޮށްގެންނެވެ.

މި ނިންމުމާ ގުޅިގެން ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ ލިބޭނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-