-Advertisement-

-Advertisement-

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދުވެސް ކަރަންޓް ކެނޑިދާނެ!

ސްޓެލްކޯ މައި އޮފީސް – ފޮޓޯ: އެޑިޝަން

ސްޓެލްކޯއިން ދެމުން އަންނަ ކަރަންޓް ވިއުގަރ އަޕްގްރޭޓް ކުރުމުގެ މަސައްކަތް ކުރުމަށް ހަމަ ޖެހިފައިވާތީ އެ މަސައްކަތް ކުރަމުންދާ ވަގުތު ތަކުގައި މާލޭގެ އެ ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.

އެގޮތުން މިއަދު މާފަންނު، މަޖީދީ މަގު އަދި ޢިއްޒުއްދީން މަގު ހިމެނޭ ސަރަހައްދު ކަރަންޓް ވިއުގަރ އަޕްގްރޭޓް ކުރުމުގެ މަސައްކަތް ކުރަމުން ދާތީ، ހެނދުނު 10:00 އިން ހަވީރު 12:00 އަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.

އަދި ކަރަންޓް ކެނޑުމުގެ ސަބަބުން ދިމާވެދާބެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.

ސްޓެލްކޯގެ މަސައްކަތް މާލޭގެ އެކި ސަރަހައްދުތަކުގައި ކުރަމުން އަންނައިރު، ބައެއް ފަހަރު އެކި ސަރަހައްދުތަކުން ކަރަންޓް ކެނޑެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-