-Advertisement-

-Advertisement-

އިތުރު 15 އަތޮޅެއްގައި ޕަބްލިކް ވާރކްސްގެ ސައިޓުތައް ޤާއިމުކުރަނީ

މިނިސްޓަރ އާދަމް ޝަރީފް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ

ރާއްޖޭގެ އިތުރު 15 އަތޮޅެއްގައި ޕަބްލިކް ވާރކްސްގެ ސައިޓުތައް ޤާއިމުކުރުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރައްވައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވުޒާރާއިން ބޭއްވި މަސައްކަތު ބައްދަލުވުމެއްގައި ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދެއްގެ ދަށުން، އޮތޮޅުތެރޭ މިހާރު ހުރި ޕަބްލިކް ވާރކްސްގެ ސައިޓުތަކުގެ އިތުރުން 15 އަތޮޅެއްގައި ސައިޓުތައް ޤާއިމުކުރުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، މިހާރު ގާއިމް ކުރެވިފައިވާ ސައިޓުތަކުގައި ރަނގަޅު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރުމުން އައު ސައިޓްތައް ގާއިމްކުރުމުގެ ކުރިން އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް އެ ވުޒާރާއިން ކުރިއަށް ގެންދާނެކަމަށެވެ.

ހަމައެއާއެކު ޕަބްލިކް ވާރކްސް ސައިޓުތަކުގައި ހުރި ވަސީލަތްތަކަކީ އޭގެ ޒާތުގައި ފަންނީ ބޭފުޅުންނަށް އެކަން އެންމެ ރަނގަޅަށް ކުރެވޭނެ ތަކެތި ކަމަށްވާތީ، އެ ވަސީލަތްތައް ބޭނުންކުރައްވާ ބޭފުޅުންނަށް ތަމްރީނާއި މައުލޫމާތުވެސް ފޮރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ޕަބްލިކް ވާރކްސްގެ މަސައްކަތް ހިނގަމުންދާނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކާއެކުގައި ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އާދަމް ޝަރީފް ވިދާޅުވެފައި ވަނީ ރާއްޖޭގައި ޕަބްލިކް ވާރކްސްގެ ޚިދުމަތް ދެމުންދާތާ މިހާރު ގާތްގަނޑަކަށް 30 ވަރަކަށް އަހަރު ވެގެން ދިޔައިރު، ރާއްޖޭގެ ގިނަ ރަށްތަކުގައި ޕަބްލިކް ވާރކްސް ސައިޓުތައް ހުރީ ވަރަށް ބޮޑަށް ވީރާނާވެ ހަލާކުވެފައި ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-