ކުރީގެ ސަރުކާރުން ‘ކުޑަ ރަށެއް، ބޮޑު ރަށެއް’ ނުބަލާ ބަޖެޓަށް ނުކަތާ ވަރަށް މަޝްރޫއުތައް ހިންގާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ސިޓީތަކާއި އިދާރީ ދާއިރާތަކާއިބެހޭ ވުޒާރާއިން އިދާރީ ދާއިރާތަކުގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ މަސައްކަތު ބައްދަލުވުން ފެށުމަށްޓަކައި ބޭއްވުނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފިނޭންސް މިނިސްޓަރު ޝަފީގް ވިދާޅުވީ ރައީސް ޞޯލިހްގެ ސަރުކާރުން ޕަބްލިކް ވޯރކްސްގެ ގިނަ މަސައްކަތްތަކެއް ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ކުރަން ޖެހުމުގެ ސަބަބުން އެކަންކަން ކުރުމަށް ހިނގި ހަރަދު ބޮޑު ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަފީގް ވިދާޅުވީ މަސައްކަތްތައް ރޭވުމުގައި ކުޑަ ރަށެއް ބޮޑު ރަށެއް ބަލާފައި ނުވާ ކަމަށާއި މަސައްކަތް ކޮށްފައިވަނީ ބަޖެޓްއަށް ކަތާ ވަރަކަށް ނޫން ކަމަށެވެ.
މީގެއިތުރުން ރައީސް ޞޯލިޙްގެ ސަރުކާރުގައި 100 ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަސައްކަތް ކޮށްފައިވަނީ އެކުންފުންޏަކަށް ފައިދާ ހޯދުމަށް ކަމަށާއި ނަތީޖާއެއްގެ ގޮތުން މިކަމުގެ ސަބަބުން ދައުލަތަށް ބޮޑު ބުރައެއް އުފުލަން ޖެހުނުކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއާއި ޚިލާފަށް ޕަބްލިކް ކޯޕަރޭޝަންތަކުން ސަރުކާރުގެ މަސައްކަތްތައް ކުރުމުގައި އަވަސް އަދި ހަރަދު ކުޑަ ގޮތްތަކެއް އިޚްތިޔާރު ކޮށްފައިވާނަމަ އެކަމުގެ ސަބަބުން ދައުލަތަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބޭނެކަމަށް މިނިސްޓަރު ޝަފީގް ވިދާޅުވިއެވެ. އަދި ހަމައެއާއިއެކު، މަސައްކަތްތައް ކުރުމުގައި ރައްކާކުރެވޭ ކޮންމެ ސޭވިންގްސް އަކީ ޕަބްލިކް ޔުނިޓްތައް ތަރައްގީކޮށް ހިންގުމަށްޓަކައި ލިބޭ މުހިންމު އަދި ބޮޑު ކުރިއެރުމެއް ކަމަށާއި އެފަދަ ސޭވިންގްސްތަކަކީ އިތުރު ކަމަކަށް ކުރެވޭނެޚަރަދަކަށްވާނެކަމަށް މިނިސްޓަރު ޝަފީގް ވިދާޅުވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ދިވެހިރާއްޖޭގެ އެންމެ ބޮޑު ރައުސްމާލަކީ ހުޅުމާލެ ކަމަށެވެ. އޭނާ ވިދާޅުވީ ހުޅުމާލެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގައި ދިވެހީންނަށް ދިރިއުޅެވޭނެ ގޮތްތައް ފަހިވަމުންދާތަން ފެންނަ ކަމަށެވެ. އަދި މިފަސް އަހަރު ތެރޭގައި ދިވެހީންނަށް ހިތްފަސޭހަ މާހައުލެއްގައި ދިރިއުޅެވޭނެ ގޮތްތައް ފަހިކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒުކަމަށްވެސް މިނިސްޓާރު ވިދާޅުވިއެވެ.