-Advertisement-

-Advertisement-

އެ މީހެއްގެ ނަމުން ސައިންޓިސްޓުން މަހަކަށް ނަންދިން ހާފިޒް އަވަހާރަވެއްޖެ

އަޙްމަދު ހާފިޒް

ކުޅިވަރާއި ތަޢުލީމް އަދި މަސްވެރިކަމަށް ގިނަ ދުވަސްތަތަކު ޚިދުމަތް ކުރެއްވި މ. ޒިޔާރަތްދޮށުގެ އަޙްމަދު ހާފިޒް އަވަހާރަވެއްޖެއެވެ.

ހާފިޒު އަވާހަރަވި އިރު އޭނާގެ އެމުރަކީ 62 އަހަރެވެ. ހާފިޒު އަވާހަރަވެފައިވަނީ ކެންސަރު ބަލީގެ އާލާސްކަންފުޅެއްގައި އުޅުއްވުމަށް ފަހުއެވެ. ހާފިޒް އަވަހާރަވީ އިއްޔެ މެންދުރު އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ.

މަސްވެރިކަމުގެ ދާއިރާއިން ހާފިޒް ކުރައްވާފައިވާ ޚިދުމަތްތަކަށް ބަލައިލާ އިރު، އަލަށް ފެންނަ މަސްމަހަށް ނަން ދެއްވުމާއި ފިޝަރީޒް މިނިސްޓްރީގައި އިސްމަގާމުތަކެއް ފުރުއްވުމުގެ އިތުރުން، ސަރުކާރުން ކުރިން ނެރެމުން ދިޔަ ‘ރަސްއައިން’ މަޖައްލާގެ އެޑިޓަރުކަން ކުރެއްވުން ފާހަގަ ކޮށްލެވެއެވެ. މެރިން ރިސާޗްގެ ދާއިރާގައި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ހާފިޒަކީ މަސްވެރިކަމުގެ އިލްމު އަމިއްލަފުޅަށް ދަސްކުރައްވައިގެން ފަންނީ ލަފާ ދެއްވުމުގައި ވެސް ގިނަ އަހަރުތަކެއް ހޭދަކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ހާފިޒް ހޯއްދެވި މަހަކަށް ސައިންސްވެރިން ހާފިޒްގެ ނަމާ ގުޅުވައި ނަން ދީފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ. މަސްވެރިކަމުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމު ވެސް ހާފިޒަށް ލިބިވަޑައިގަތެވެ.

ތަޢުލީމީ ދާއިރާއިން ހާފިޒް ކުރައްވާފައިވާ ޚިދުމަތްތަކަށް ބަލައިލާ އިރު، އަހުމަދިއްޔާ ސްކޫލުގެ ސީނިއާ އެސިސްޓެންޓް ޕްރިންސިޕަލްގެ މަޤާމު ފުރުއްވުން ހިމެނެއެވެ. ހާފިޒް ވަނީ އަހުމަދިއްޔާ ސްކޫލަށް ޖުމްލަ 20 އަހަރު ޚިދުމަތް ކުރައްވާފައެވެ.

ކުޅިވަރުގެ ރޮނގުގައި ވެސް އޭނާގެ ޚިދުމަތްތައް ފާހަގަވެގެން ދިޔަ ހާފިޒަކީ ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސްކަން ކުރެއްވުމުގެ އިތުރުން ކުޅިވަރުގެ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ހުނަރުވެރިއެއްކަން ވެސް ފާހަގަކޮށްލެވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-