-Advertisement-

-Advertisement-

އާސަންދައިގެ ދަށުން ތައިލެންޑާއި ޔޫއޭއީއަށް ބޭސްފަރުވާއަށް ދިއުމުގެ އިންތިޒާމުތައް ހަމަޖައްސަން ފަށައިފި

އާސަންދަ ކޮމްޕެނީ ލިމިޓެޑް – ފޮޓޯ: އެމްވީޕްލަސް

އާސަންދައިގެ ދަށުން ތައިލެންޑާއި ޔޫއޭއީއަށް ބޭސްފަރުވާއަށް ދިއުމުގެ އިންތިޒާމުތައް ހަމަޖައްސަން ފަށައިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

މި ކަން އިއުލާނު ކުރުމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އާސަންދައިގެ ސީއީއޯ އާމިނަތު ޒީނިޔާ ވިދާޅުވީ، ޔޫއޭއީ އާއި ތައިލެންޑަށް ދިވެހިންނަށް ފަރުވާ ހޯދަން ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ. އެގޮތުން ތައިލޭންޑާއި ޔޫއޭއީގައި އާސަންދަ ސްކީމު މެދުވެރިކޮށް ބޭސްފަރުވާ ކުރަން ފެށުމަށް ކުރަންޖެހޭ ކަންކަން ކުރިއަށްދާކަމަށް ޒީނިއާ ވިދާޅުވިއެވެ.

ތައިލެންޑާއި ޔޫއޭއީއަށް އާސަންދަ ފުޅާ ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. ޒީނިޔާ ވިދާޅުވީ އާސަންދަ މެދުވެރިކޮށް މިހާރު ޚިދުމަތް ލިބޭ ޤައުމުތަކުން ލިބޭ ފަރުވާއަށް ވުރެ ވެސް ރަނގަޅު ފަރުވާ ލިބޭ ޤައުމުތަކުގެ ހޮސްޕިޓަލުތަކުން ދިވެހިންނަށް އާސަންދަ މެދުވެރިކޮށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އަމާޒެއް ކަމަށެވެ. އެހެންކަމުން ރައީސް މުޢިއްޒުގެ ސިޔާސަތާ އެއްގޮތަށް ބޭސްފަރުވާ ކުރުމަށް ހަމައެކަނި ސްރީލަންކާ އަދި އިންޑިއާއަށް ބަރޯސާވުމުގެ ބަދަލުގައި އެހެން ޤައުމުތަކަށް ވެސް ފޮނުވޭނެ މަގު ފަހިކުރެވޭތޯ މަސައްކަތް ކުރައްވަމުންއަންނަކަމަށެވެ.

ސަރުކާރުގެ އަމާޒަކީ މަތީ ފަންތީގެ ޤައުމުތަކުން އާސަންދަ ލިބޭ ގޮތް ހަމަޖެއްސެވުމަށް ފަހު އެ ތަންތަނަށް ދަތުރު ކުރާ އިރު ހުރުމަށްދާ ޚަރަދު ވެސް އާސަންދައިގެ ތެރެއިން ކަވަރުވާނެގޮތް ހެއްދެވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-