-Advertisement-

-Advertisement-

ބްރިޖް ކައިރިން މަރުވެފައި އޮއްވާ އޮޔާ ދަނިކޮށް ފެނުނީ 25 އަހަރުގެ ނޭޕާލް އަންހެނެއް

ލުހުން އާންމުކޮށްފައި ވަނީ ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރެއް ބޭނުން ކޮށްގެން ފުލުހުން މުއާމަލާތް ނުކުރާނެކަމަށް. ފޮޓޯ: މިހާރު

މަރުވެފައި އޮއްވާ ސިނަމާލެ ބްރިޖު ކައިރިން އޮޔާ ދަނިކޮށް ފެނުނު މީހާ ދެނެގަނެވިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު މެންދުރު ކަނޑުމަތީން މީހަކު އޮޔާ ދަނިކޮށް ރިޕޯޓް ކޮށްފައިވާއިރު، ކަނޑުމަތިން މަރުވެފައި އޮއްވާ އޮޔާދަނިކޮށް ފެނުނީ 25 އަހަރުގެ ނޭޕާލްގެ އަންހެނެއް ކަމަށް ޗީފް ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ޝިފާން ވިދާޅުވިއެވެ.

ފުލުހުންގެ ޗީފް ސުޕަރިންޑެންޓް ޝިފާން ވިދާޅުވި ގޮތުގައި އޭނާ މަރުވި ސީދާ ސަބަބު އަދި މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށެވެ. އަދި ހަށިގަނޑާއި މެދު އަމަލުކުރާނެ ގޮތެއް އަދި ކަނޑައެޅިފައި ނުވާކަމާއި، ހަށިގަނޑު އާއިލާ އާއި ހަވާލު ކުރާނީތޯ ނުވަތަ ޕޯސްޓްމޯޓަމް ހަދާނީތޯ އަދި ކަނޑައެޅިފައި ނުވާކަމަށް ޝިފާން ވިދާޅުވިއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު އޮޔާ ދަނިކޮށް ހަށިގަނޑު ފެނިފައިވަނީ އެ ސަރަހައްދުގައި ދުއްވާފައި ދިޔަ ލޯންޗަކަށެވެ. އަދި މަރުވެ ހަށިގަނޑު މައްޗަށް އަރާފައި އޮތުމުމް ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-