-Advertisement-

-Advertisement-

ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި، ކާރު ޑްރައިވަރުގެ ލައިސެންސްއެއް ނެތް

ފޮޓޯ: އަވަސް ނޫސް

ހުޅުމާލެގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއަދު ހަވީރު ގަޑިން 16:40 އެހާކަށްހާއިރު، ހުޅުމާލެ ރީތިގަސް މަގު ކަރެކްޝަނަލް ސާރވިސް ކައިރިން ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއްވީ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާއަށް މިވަގުތު ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

އެކްސިޑެންޓްވި ދެ އުޅަނދަށްވެސް އެކި ވަރުގެ ގެއްލުން ލިބިފައިވާއިރު، އެކްސިޑެންޓްވި ސައިކަލު ދުއްވަން އިން ފަރާތުގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ އޮތް ކަމަށާއި ކާރު ދުއްވަން އިން ފަރާތުގު އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ހުއްދަ ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިއެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ މިހާރު އިތުރަށް ބަލާ ތަޙުގީގު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-