-Advertisement-

-Advertisement-

އިއްޒުއްދީން ސްކޫލާއި ސަލާހުއްދީން ސްކޫލުގައި ގްރޭޑް 10އަކާ ހަމައަށް ކިޔަވައިދޭން ފަށައިފި.

މާލޭގެ އިއްޒުއްދީން ސްކޫލާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ސަލާހުއްދީން ސްކޫލުގައި ގްރޭޑް 10އަކާ ހަމައަށް ކިޔަވައިދޭން ފަށައިފިއެވެ.

މި ދެ ސުކޫލުގައި އޯލެވެލާ ހަމައަށް ކިޔަވައިދޭން ފެށީ މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކުއެވެ. މި ވަގުރު މާލޭގެ އެހެން ސްކޫލުތަކާ އަޅާބަލާ އިރު މި ދެ ސްކޫލުގައި އޯލެވަލަށް ކިޔަވާ ދަރިވަރުންގެ އަދަދު މަދުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މި އަހަރުގެ ދިރާސީ އާ އަހަރު ފެށުނު އިރު އިއްޒުންދީން ސްކޫލުގެ އޯލެވަލަށް އެންރޯލް ވެފައި ތިބީ އެންމެ 18 ކުދިންނެވެ.

މި ދެ ސުކޫލުގައި ކުދިން މަދުވި އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެވެނީ މި ދެ ސުކޫލަކީ ވަރަށް ފަހުން ހުޅުވި ސުކޫލުތަކެއް ކަމަށް ވާތީއެވެ. އެގޮތުން އިއްޒުންދީން ސްކޫލު ހުޅުވީ 2020 ވަނަ އަހަރުގެ ދިރާސީ އާ އަހަރާ ގުޅުވައެވެ. އަދި ސަލާހުއްދީން ސްކޫލު ހުޅުވީ 2023 ވަނަ އަހަރުގެ ދިރާސީ އާ އަހަރާ ގުޅުވައެވެ. ސަލާހުއްދީން ސްކޫލު ހުޅުވި ފަހުން އަދި އަހަރެއް ވެސް ނުފުރެއެވެ. މި ދެ ސްކޫލަކީ ވެސް އެއް ދަންފަޅިއަށް ކިޔަވައިދޭ ގޮތަށް ހުޅުވި ދެ ސުކޫލެވެ. ނަމަވެސް މި އަހަރު ސަލާހުއްދީން ސްކޫލު ވަނީ ދެ ދަންފަޅިއަށް ބަދަލުކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-