-Advertisement-

-Advertisement-

ޔޫކްރައިނުން ދިން ހަމަލާއެއްގައި ރަޝިއާގެ 8650 ސިފައިން މަރުވެއްޖެ

ރަޝިއާގެ ރައީސް ވްލަޑިމިރް ޕްޓިން. ފޮޓޯ: އޭއެފްއާރު

ރަޝިއާގެ 8650 ސިފައިން އެއް ހަފްތާތެރޭ މަރާލައިފިކަމަށް ޔޫކްރައިންގެ އަސްކަރީ މީޑިއާއިން ބުނެފިއެވެ.

ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން މަރާލައިފިވަނީ ހަނގުރާމައިގެ އާ އުކުޅުތަކާއެކު 2 ވަނަ އަށް އެންމެ ބޮޑު ސިޓީކަމަށްވާ ކާކީވް ސަރަހައްދުން ކުރިއަރަމުން ދަނިކޮށް އެމީހުން ހުއްޓުވައި ދިން ހަމަލާތަކެއްގައެވެ. މި ހަމަލާފައި 81 ޓޭންކާއި ހަނގުރާމަމަތީ ވެހިކަލްގެ 153 ވެހިކަލް ގޮއްވާލައިފައިވާކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި ކަމާ ގުޅިގެން ޔޫކްރައިންގެ ރައީސް ވްލެޑެމިއާ ޒެލެންސްކީ ވިދާޅުވީ ކާކީވްގައި ރަޝިއާއަށް އެ ލިބުނު ދެރަޔަކީ ޔޫކްރައިން ފަޅިން މަރުވި މީހުންނާ އަޅާ ބަލާއިރު 8 ގުނަ އިތުރު އަދަދެއްކަމަށެވެ.

ފްރާންސާއި ޖަރުމަނާއި އަދި އިނގިރޭސިވިލާތުން ވަނީ ޔޫކްރައިނުގެ ކޮޅު ނަގާ އެ ގައުމުތަކުގެ ހަތިޔާރު ޔޫކްރައިނުން ބޭނުން ގޮތަކަށް ބޭނުން ކުރަން ދިނުމަށް ނިންމާފައެވެ. މި ނިންމުމާ ގުޅިގެން ރަޝިއާގެ ރައީސް ޕުޓިން ވިދާޅުވީ އެއީ އެ ގައުމުތަކުން ހަދާ ބޮޑު ގޯހެއްކަމަށާއި ނަތީޖާއަކަށް ވަނީ ބޮޑު ހަނގުރާމައެއް ފެށުންކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-