ހަޔާތުގެ އަޑިގުޑަން ތަކުގައި އަހަރެމެންނަށް ބާރުފޯރުވޭ މާބޮޑު ކަމެއް ނޯވެއެވެ. އެކަމަކު އެންމެ މުހިންމީ ތިބާ އަށް ކޮންޓްރޯލް ކުރެވޭ ކަންކަން ކުރުމެވެ. އަދި އެކަމުން ތިމާ ދާންބޭނުންވާ މަންޒިލަށް ވާސިލްވުމެވެ. އެއީ ކެރިގެން ކުރިމަތިލުމެވެ. ކޮންމެ ދުވަހަކާއިވެސް ކުރިމަތިލުމެވެ. ކުރިމަތިލުމަކީ އޭގެން މާބޮޑު މޮޅެއް ލިބިގެންދާ މެޑަލެއް ނޫނެވެ. އަދި އެއީ ލައިފްހެކެއް ނުވަތަ ޝޯޓްކަޓެއްވެސް ނޫނެވެ. އެކަމަކު އެއީ ކޮންމެ ކަމެއްވެސް ބިނާކުރެވޭނެ ހަމައެކަނި ގޮތެވެ.
ހަޤީޤަތަކީ އަހަރެމެންނަށް ކޮންމެ ކަމެއްގައިވެސް މާބޮޑަށް ފޯކަސް ކުރެވެނީ ވަގުތުން މޮޅުވުމަށް ކަމަށްވުމެވެ. އެކަމާއި ގުޅިފައިވާ ވަގުތީ ހިތްހަމަޖެހުމުގެ ބޭނުމުގައި ކަމަށް ވެދާނެއެވެ. އެހެންކަމުން އެއްމީދުކުރެވެނީ ކުރާ ކޮންމެ ކަމެއްވެސް އެއީ އެންމެ މޮޅުކަމަށްވެ ވަގުތުން މަޝްހޫރުވެގެންދާނެކަމަށެވެ. އަދި އެކަން އެހެން ނުވުމުން މާޔޫސްވެސް ވަނީ އެކަށީގެންނުވާ މިންވަރަށެވެ.
އަހަރެމެންގެ ތެރެއިން ވަރަށް ގިނަ މީހުންނަށް ކުރާ މަސައްކަތުގައި ކުރިއެރުމެއް ނުލިބި ހުއްޓޭގޮތް ވެއެވެ. ފާހަގަކޮށްލެވެނީ މިހެން ދިމާވަނީވެސް އަހަރެމެންގެ ތެރެއިން މޮޅު މީހުންނަށެވެ. އެކަމަކު މިފަދަ ވަގުތުތަކުގައި ހުއްޓާލުމަކީ އެންމެ ގެއްލުން ބޮޑު ގޮތް ކަމުގައި ބެލެވެއެވެ. ފޯކަސް ބަދަލުކުރަންވީ ނަންބަރުތަކުން ކުރިއެރުމަށެވެ. ކުރާ މަސައްކަތުގައި ހީވާގިވެ ބަރޯސާވެވޭ މީހުންނާއިއެކު ރަނަގަޅު މަސައްކަތެއް ކުރުމަށް އިސްކަންދޭށެވެ. މިއީ އަގުހުރި ކެރިއަރަކާއި މުހިންމު މަސައްކަތުގެ ހަށިގަނޑެއް އުފެއްދޭނެ ގޮތެވެ.
ތިމާގެ މަސައްކަތް އެހެން މީހަކަށް ފެނުމުގެ ކުރިން ތިމާއަކީ އުޅޭ މީހެއްކަން މީހުންނަށް ނޭނގެއެވެ. މަޑުމަޑުން ތިމާއަކީ ކާކުކަން ބިނާވެގެން ދަނީ ތިމާގެ މަސައްކަތުގެ މައްޗަށެވެ. ޤަވާއިދުން މަސައްކަތްކޮށް ބޭނުންވާ ކަންކަން ހާސިލްކުރެވޭނީ ކޮންމެ ކަމަކާއި ކުރިމަތިލައިގެންނެވެ. ތިމާއަށް އެހެން މީހުން ކުރާ އިތުބާރު ހިފަހައްޓައި ތިމާގެ ލަނޑުދަނޑިތައް ހާސިލްކުރެވޭނީ އޭރުންނެވެ. ކޮންމެ މަސައްކަތެއް ކުރި ކަމުގައިވިޔަސް ތިބާގެ ޙިޔާލުތަކާއި ތިބާގެ މަސައްކަތް އެހެން މީހުން ބަލައިގަންނާނީ މަސައްކަތުގެ ނަތީޖާ ނެރެން ކުރާ މަސައްކަތް އެއްވަރެއްގައި ހިފަހައްޓައިގެންނެވެ. ވީމާ ހުއްޓާނުލާ މަސައްކަތް ކުރާށެވެ. ކޮންމެ ދުވަހަކުވެސް މަސައްކަތް ކުރާށެވެ.
އެއްރެއިން ނުވަތަ އެންމެ ކަމަކުން އަހަރެމެންނަށް ލިބިގެންދާ އެ “ވައިރަލް ފޭމް” އަކީ އަހަރެމެން ބޭނުންވާ ގޮތް ހެއްޔެވެ؟ ނޫނެކެވެ. އަހަރެމެން ބޭނުންވަނީ ބުރަމަސައްކަތުން ހާސިލްކުރެވޭ، އަދި ކުލަޖެއްސޭ ހުވަފެންތައް ސީދާވުމެވެ. ވީމާ، ތިބާ ކޮންމެ މަސައްކަތެއް ކުރި ކަމުގައިވިޔަސް މުހިންމީ އާދައެވެ. ކޮންމެ ދުވަހަކާއިވެސް ކުރިމަތިލުމުގެ އާދައެވެ. އެ ހިތްވަރެވެ. ކުރިމަތިލާށެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއެވެ.