-Advertisement-

-Advertisement-

އެސްޑީއެފަށް 50 މިލިއަން ޑޮލަރު ޖަމާ ކޮށްފި

ފިނޭންސް މިނިސްޓަރ ޑރ. މުޙައްމަދު ޝަފީޤް. ފޮޓޯ: އެޑިޝަން.އެމްވީ

ސޮވަރިން ޑިވަލޮޕްމެންޓް ފަންޑް (އެސްޑީއެފް)އަށް 50 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރ ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ޝަފީޤް ވިދާޅުވީ މި އަހަރު ނިމޭ އިރު އެ ފަންޑަށް ޖަމާ ކުރާ އަދަދު 100 މިލިއަން ޑޮލަރަށް އިތުރު ކުރުމަށް އެ މިނިސްޓްރީން މިހާރު ވަނީ އަމާޒު ހިފާފައިކަމަށެވެ. އަދި މި ސަރުކާރާ ހަވާލުވި އިރު އެ ފަންޑަށް ޖަމާކޮށްފައިވަނީ ދެ މިލިއަން ޑޮލަރުކަން ވެސް ޝަފީޤް ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް މިނިސްޓްރީގެ ޑެޓް ޕޯޓްފޯލިއޯ ޑައިވާސިފައި ކުރުމަކީ މުހިއްމު ކަމެއްކަމުގައި އެ މިނިސްޓްރީން ދެކޭކަމަށް ޝަފީޤް ވިދާޅުވިއެވެ.

އެންމެ ފަހުން ނެރުނު ބަޖެޓުގައިވާ ގޮތުން އެ ފަންޑުން ދަރަނި އަދާ ކުރަން އަންނަ އަހަރު 250 މިލިއަން ޑޮލަރު ހޭދަކުރަން ވަނީ ހަމަޖެހިފައެވެ. އަދި 2026 ވަނަ އަހަރު ވެސް އެ ފަންޑުން އެ ވަރުގެ އަދަދެއް ދަރަނި އަދާ ކުރަން ބޭނުން ކުރާނެކަމަށް މައުލޫމާތު ލިބެއެވެ.

ސޮވަރިން ޑިވަލޮޕްމެންޓް ފަންޑަކީ ދައުލަތުގެ ދަރަނި އަދާ ކުރަން 2017 ވަނަ އަހަރު އުފެއްދި ފަންޑެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-