-Advertisement-

-Advertisement-

ރައްޔިތުންގެ ހާލަތު ދެނެގަތުމަށް ‘ހާލު ކިހިނެތް’ ނަމުގައި ޕްރޮގްރާމެއް ފަށައިފި

ހާލު ކިހިނެތް ޕްރޮގްރާމުގެ ތެރެއިން. ފޮޓޯ: އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

ރައްޔިތުންގެ ހާލަތު ދެނެގަތުމަށް ‘ހާލު ކިހިނެތް’ ނަމުގައި އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ޕްރޮގްރާމެއް ފަށައިފިއެވެ.

އެ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި މި ޕްރޮގަރާމަކީ އޯގާތެރި މުޖުތަމައުއެއް ބިނާ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ފެށި ޕްރޮގާރްމެކެވެ. މި ދިޔަ ބުރާސްފަތި ދުވަހު ފެށި މި ޕްރޮގާރްމްގެ މަޤްސަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެ މީހުންގެ ހާލު ބަލައި، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވުން ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

އެގޮތުން އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ބުރު ބުރާސްފަތި ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި ފަށާފައިވާ އިރު، ރާއްޖޭގެ ހުރިހާ އަތޮޅެއްގެ އާއިލީ ސެންޓަރުތައް ހުރި ރަށްރަތަކުގައި ވެސް ބުރާސްފަތި ދުވަހު މި ޕްރޮގްރާމް ވަނީ ފަށާފައެވެ.

މި ޕްރޮގްރާމް ކުރިއަށްގެންދިޔުމުގައި ހަރާކަތްތެރިވާނީ ރައްޔިތުންނަށް ޚިދުމަތްދޭ މުއައްސަސާތަކާއި ކަމާ ގުޅުންހުރި އިދާރާތަކާއި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލްތަކުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތައްކަމަށް އެ ވުޒާރާއިން ބުނެއެވެ.

އެ މިނިސްޓްރީގެ އަމާޒަކީ ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް، ދައުލަތުގެ ޚާއްޞަ ސަމާލުކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-