މިމަހުގެ ކަރަންޓް ބިލް އެހެން މަސް މަހާ އަޅާ ބަލާއިރު، ބޮޑުކަމަށް ބުނެ ގިނަ ފަރާތްތަކަކުން ސޯޝަލް މީޑިއާގައި ޝަކުވާ ކުރުމާގައި ގުޅިގެން ސްޓެލްކޯއަށް ޝަކުވާ ހުށެއެޅުމަށް މިއަދު އެކުންފުނިން ހުޅުވާލައިފިއެވެ.
ކަރަންޓް ބިލާއި ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް އެކުންފުނީގެ ކަސްޓާމާރ ސާރވިޒް ނަންބަރު 7788438 އަށް ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ނުވަތަ billing@stelco.com.mv އީމެއިލް މެދުވެރިކޮށް ވެސް ހުށަހެޅޭނެކަމަށް ސްޓެލްކޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެގައި ބުނެފައިވެއެވެ.
“ކަސްޓަމަރުން ހުށަހަލާ ޝަކުވާތަކަށް ގިނަވެގެން 24 ގަޑިއިރު ތެރޭ ޖަވާބުދާރީ ވުމަށް މި ކުންފުނިން ދަނީ މަސައްކަތް ކުރަމުން،” ސްޓެލްކޯއިން ބުންޏެވެ.
ކަރަންޓް ބިލް ބޮޑުވުމާއި ގުޅި ގިނަ ފަރާތްތަކުން ކުރަމުން އަންނަ ޝަކުވާތަކުގެ ޖަވާބުގައި ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓް ބޮޑުވަނީ މިދުވަސްވަރު ހޫނު ގަދަ ވުމުން ކަމަށާއި އެކުންފުނި ކަރަންޓް ބޭނުން ކުރާ މިންވަރަށް ވުރެއް އިތުރަށް ބިލް ނުކުރާ ކަމަށާއި ބިލަށް އަރާވަރު ޔަޤީން ކުރުމަށް ކޮންމެ ފަރާތަކަށްވެސް ބިލް ފޮމުވުމުގެ ކުރިން ބިލަށް އަރާވަރު ބެލޭނެކަމަށެވެ.
ސްޓެލްކޯއިން މިފަދައިން ބުނެފައިވީ ނަމަވެސް މިމަހަކީ ވިއްސާރަ ކުރަމުން އަންނަ ދުވަސްވަރަކަށްވެފައި ހޫނުވުމުގެ ސަބަބުން މިމަހު ކަރަންޓް ބިލް ބޮޑުވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި އެހެން ކަމުން މިމަހުގައި ކަރަންޓް ބިލް ބޮޑުވުމުގެ ސަބަބާއި މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެހެންނަމަވެސް ކުންފުނީގެ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިހާލަތުގައި ކަރަންޓް ބޮޑުވެފައިވަނީ ވިއްސާރަ ކުރުމުގެ ކުރިން ހޫނު ގަދަ ދުވަސްވަރެއް ދިއުމުންކަމަށް މިހާރު ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.
މި ދުވަސްވަރަކީ ވިއްސާރަ ކުރަމުންދާ ދުވަސްވަރެއް ކަމުން މި މަހުގެ ކަރަންޓު ބޮޑުވާން ދިމާވި ސަބަބާ މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދައިފަ އެވެ. ސްޓެލްކޯއަށް ހަވާލާދީ މިހާރު ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެފަދައިން ކަރަންޓް ބިލް ބޮޑު ވުމުގެ ސަބަބަކީ ވިއްސާރަވާން ފެށުމުގެ ކުރިން، ހޫނު ގަދަ ދުވަސްވަރެއް ދިއުމާއެކު، އެ މުއްދަތު ބިލްގައި ހިމެނޭނެތީއެވެ.
ކަރަންޓް ބިލް ބޮޑުވުމާއި ގުޅިގެން ސްޓެލްކޯގެ މަސައްކަތާއި މެދު ގިނަ ފަރާތަކުން ސުވާލު އުފައްދާފައިވާއިރު، ކަރަންޓް ބިލް ކުޑަ ކުރުމަށް ޢަމަލުކުރެވޭނެ ގޮތްތަށް ބަޔާންކޮށް ސްޓެލްކޯގެ އިންޖިނޭރަކު ވަނީ ސޯޝަލްމީޑިއާގައި ހިއްސާކޮށްފަ އެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ކަރަންޓް ބިލް ބޮޑުވުމާއި ގުޅިގެން މިހާތަނަށް ދެފަހަރު މަތީން ކަރަންޓާއި ފެނުން ޑިސްކައުންޓްދީފައިވެއެވެ. އެއީ ރަމަޟާން މަހު އަދި މި އަހަރުގެ މާޗު މަހާއި އޭޕްރީލް މަހުގެ ބިލުންނެވެ.