-Advertisement-

-Advertisement-

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކޯޓު މަރުހަލާގެ ތެރެއިން. ފޮޓޯ: އޭބީސީ ނިއުސް

އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާކަމަށް ނިއުޔޯކް ސްޓޭޓް ކޯޓުން ކަނޑައަޅައިފިއެވެ.

ޓްރަމްޕްގެ މައްޗަށް ސާބިތުވީ 2016 ވަނަ އަހަރު އެމެރިކާގައި އެ ޤައުމުގެ ވެރިއަކު ހޮވުމަށް ބޭއްވި އިންތިޚާބުގެ ދުވަސްވަރު ފެންމަތިވި މައްސަލައެކެވެ. ޓްރަމްޕުގެ އަބުރަށް ހުތުރުވެދާނެ ވާހަކަ ދެއްކި މީހަކުގެ އަނގަ ބަންދުކޮށްލުމަށް ލިޔެކިޔުންތައް އޮޅުވާލައި، އެ ވާހަކަ ދެއްކި މީހާއަށް ފައިސާ ދީގެން އެ މައްސަލަ ހިންދާލިކަމުގެ ކުށް ވަނީ ޓްރަމްޕްގެ މައްޗަށް ސާބިތުވެފައެވެ.

ޓްރަމްޕްގެ މައްޗަށް އޭރު ދަޢުވާ އުފުލާފައި ވަނީ، އޮރިޔާންކާޑު އުފައްދާ އަންހެނެއް ކަމުގައިވާ ސްޓޯމީ ޑެނިޔެލްސަރއެވެ. އޭނާއަށް ރިޝްވަތު ދިނުމާއި، ރޝްވަތު ދިނުމުގެ މުޢާމަލާތް ސިއްރު ކުރުމަށް ވިޔަފާރީގެ ލިޔެކިޔުންތައް އޮޅުވައިލުމާ ގުޅޭ ދަޢުވާތަކެއް ސާބިތުވި މައްސަލަ ނިއުޔޯކް ސްޓޭޓް ކޯޓުގައި ކުރިއަށް ގެންދެވީ އެ ކޯޓުގެ ޖަޖެއް ކަމަށްވާ ޖުއާން މާޗޭންއެވެ. އެ މުޢާމަލާތް ހިންގާފައި ވަނީ 2016ވަނަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިންކަން ކޯޓު މަރުހަލާއިން ހާމަވެއެވެ.

ކުރިމަތިވަމުން އަންނަ އެމެރިކާގެ ވެރިއަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން އާ ވާދަކުރެއްވުމުގެ ފުރުސަތު އެންމެ ބޮޑީ ޓްރަމްޕްކަން ފާހަގަކޮށްލެވެއެވެ. ޓްރަމްޕަކީ ރިޕަބްލިކަނުންގެ ކެންޑިޑޭޓެވެ. މި ވަގުތު ވެރިކަމުގައި ހުންނެވި ޖޯ ބައިޑަނަކީ ޑިމޮކްރެޓުންގެ ކެންޑިޑޭޓެވެ. ރިޕަބްލިކަނުންގެ ރަސްމީ ކެންޑިޑޭޓު އިއުލާން ކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 15ގައެވެ. ވިސްކޮންސިންގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޕަބްލިކަން ނޭޝަނަލް ކޮންވެންޝަންގައި ޓްރަމްޕަކީ އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓުކަން ރަސްމީކޮށް ކަނޑައެޅުމަށް އޮތީ ނިންމާފައެވެ. ޓްރަމްޕްގެ މައްޗަށް ޖަލު ހުކުމެއް އައިސްފި ނަމަ ޓްރަމްޕަށް ޓިކެޓް ގެއްލޭނެއެވެ.

ޓްރަމްޕް ކުށްވެރިވާކަމަށް ކަނޑައެޅުމަށް ބޭއްވި ޝަރީއަތުގައި ފަނޑިޔާރުން ނިންމަވާފައިވަނީ ހުކުމް ކުރުން ޖުލައި 11 ގައި ބޭއްވުމަށެވެ. ޖުމްލަ 34 މައްސަލައެއްގައި ކުށް ސާބިތުވާކަމަށް ނިންމާފައިވާ އިރު އޮންނަ އުސޫލުން ގޮސްފި ނަމަ އެއިން ކޮންމެ ކަމަކަށް މަދުވެގެން 4 އަހަރުގެ ޖަލުހުކުމެއް އަންނާނެއެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ހުކުމާއެކު ރިޕަބްލިކަން ޕާޓީގެ ގިނަ މެންބަރުންނާއި އެއްވެސް ޕާޓީއަކަށް ތާޢީދު ނުކުރާ ޢާންމުންގެ ތެރެއިން ޓްރަމްޕަށް ތާޢީދު ކުރާ ގިނަ ބައެއްގެ ތާޢީދު ޓްރަމްޕަށް ގެއްލިގެންދާނެކަމަށް ބެލެވެއެވެ. 12 މެންބަރުންގެ ޖޫރީއަކުން ޖިނާޢީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތު ކުރުމުން، އޭނާއަށް ތާޢީދުކޮށް ވޯޓުލާން ގިނަ ބަޔަކު ފަސްޖެހޭނެކަމަށް އެ ފަރާތްތަކުން ޤަބޫލު ކުރެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-