-Advertisement-

-Advertisement-

ހއ. އުލިގަމުން ކާޑު ހުސްވެއްޖެ

އެސްޓީއޯ މުވައްޒަފުން ކާޑުގެ ބާވަތްތައް އުފުލުމުގެ ތެރެއިން / ފޮޓޯ: އެސްޓީއޯ

އެސްޓިއޯ މެދުވެރިކޮށް ހއ. އުލިގަމަށް ގެންނަ ކާޑު ހުސްވެއްޖެކަމަށް ހއ. އުލިހަމު ކައުންސިލްގެ ނައިބު ރައީސް އަސަދުﷲ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެސްޓިއޯ މެދުވެރިކޮށް ހއ. އުލިގަމަށް އެންމެ އެމްބެސަޑަރެއް ކާޑު ގެންނަ ކަމަށާއި ރަށުން މިހާރު ކާޑު ހުސްވެފައިވާކަމަށް ކައުންސިލްގެ ނައިބު ރައީސް އަސަދުﷲ ވިދާޅުވިއެވެ.

އަސަދުﷲ ވިދާޅުވެފައިވާ ގޮތުގައި މިހާރު ރަށު ރައްޔިތުން ވަނީ މިމައްސަލަ ކައުންސިލް އިދާރާއަށް ހުށަހަޅާފައެވެ. ރަސްމީކޮށް މިމައްސަލަ ކައުންސިލް އިދާރާއަށް ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންކަން ފާހަގަކުރައްވަމުން ރަށު ރައްޔިތުން މިމައްސަލަ އާއި ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުންދާކަމަށް އަސަދުﷲ ވިދާޅުވިއެވެ.

މިމައްސަލަ ކައުންސިލް އިދާރާއަށް ހުށަހެޅުމުން ކައުންސިލުން ވަނީ ކާޑު ސަޕްލައިކުރާ އެޖެންޓްއަށް ގުޅާ މަޢުލޫމާތު ސާފުކޮށްފައެވެ. އަދި ރަށުން ކާޑު ހުސްވެފައިވާކަމަށް އެޖެންޓްވެސް ބުނެފައިވާކަމަށް އަސަދުﷲ ވިދާޅުވިއެވެ.

ކާޑު ހުސްވެފައިވާކަން ކައުންސިލަށް މިދިޔަ ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާއިރު، ކައުންސިލުން ވަނީ ވަގުތުން މިކަން އެސްޓީއޯގެ ސަމާލުކަމަށް ގެނެސްފައި ކަމަށް އަސަދުﷲ ވިދާޅުވިއެވެ.

އެސްޓިއޯއިން މިހާރު ކާޑު ސަޕްލައި ކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވާ އަސަދުﷲ ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން ކާޑު ސަޕްލައިކުރުމަށް ދަތިތަކެއް ހުރި ކަމަށެވެ.

ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި މިމައްސަލަ ހައްލުވާނެކަމަށް ވިދާޅުވަމުން ހއ. އުލިގަމު ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ “އެސްޓީއޯ އިން ވިދާޅުވި ވަރަށް އަވަހަށް ސަޕްލައި ކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދާ ކަމަށް،” ށެވެ.

ގުޅުންހުރި

-Advertisement-